Advertisement
ކ. މާލެ
|
15 މާރޗް 2020 | އާދީއްތަ 18:49
އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ހާއްސަ ޑޮކްޓަރ މޫސާ މުރާދު
އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ހާއްސަ ޑޮކްޓަރ މޫސާ މުރާދު
ރާއްޖެއެމްވީ
ކޮވިޑް-19
ބަލި ޖެހުނު ގިނަ މީހުން އަންނަނީ ރަނގަޅުވަމުން: އެންއީއޯސީ
14 ދުވަހުގެ ކުރިން ކޮރޯނާވައިރަސް ޓެސްޓުން ނެގަޓިވް ވެއްޖެނަމަ، އަމަލު ކުރާނެ ގޮތަކާމެދު ދަނީ މަޝްވަރާ ކުރަމުން
މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވި އެއްވެސް މީހަކު ދުކޮށްލާފައެއް ނުވޭ
ދެ މީހަކަށް ދަރުމަވަންތާގައި ދަނީ ފަރުވާ ދެމުން

ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނަ މީހުން ހާލަތު ވަރަށް ބޮޑަށް ރަނގަޅުކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

އާދިއްތަ ދުވަހުގެ މެންދުރު އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު، "ރާއްޖެޓީވީ" ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ޚާއްޞަ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ، ރާއްޖެއިން އެންމެ ފުރަތަމަ ކޮރޯނާވައިރަސް ޖެހުނު މީހުންގެ ތެރެއިން ބައެއް މީހުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށެވެ. އަދި އެމީހުންނާމެދު އަމަލު ކުރާނެ ގޮތަކާމެދު މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އެމީހުން ކަރަންޓީންގެ މުއްދަތު ނުވަތަ އައިސޮލޭޝަންގެ މުއްދަތު ކަމަށްވާ 14 ދުވަސް ފުރިހަމަ ނުވަނީސް، ޓެސްޓްތަކުން ނެގަޓިވް ވެއްޖެނަމަ އަމަލު ކުރާނެ ގޮތަކާމެދު މަޝްވަރާ ކުރަމުންދާ ކަމަށް މުރާދު ވިދާޅުވި އެވެ. ނަމަވެސް ރާއްޖެއިން ކޮރޯނާވައިރަސް ޖެހުނު އެއްވެސް މީހަކު މިހާތަނަށް ރަނގަޅުވެގެން ދޫކޮށްލާފައެއް ނުވެއެވެ.

Advertisement

ރާއްޖެއިން އެންމެ ފުރަތަމަ ކޮރޯނާވައިރަސް ފެނުކަން އިއުލާންކުރީ މިމަހުގެ 7 ވަނަ ދުވަހު އެވެ. އެއީ، ކުރެއްދޫއަށް އައި ފަތުރުވެރިޔަކު، އޭނާ، އެގައުމަށް ދިޔަފަހުން ކުރި ޓެސްޓަކުން ކޮރޯނާއަށް ޕޮޒިޓިވެފައިވާކަން ކުރެއްދޫ ރިސޯޓަށް އެންގުމުން ނެވެ. އޭނާ އެކަން އެންގުމާއެކު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ކަމާބެހޭ ފަރާތްތަކުން ވަނީ ކުރެއްދޫ ރިސޯޓަށް އަރާފޭބުން މަނާކޮށް، އޭނާއާ ކޮންޓެކްޓްވި މީހުން ދެނެގަނެ، ޓެސްޓްތައް ވެސް ހަދާފަ އެވެ. އެދުވަހު ކޮރޯނާވައިރަސް ޕޮޒިޓިވްވީ ދެ މީހުން ނެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮރޯނާވައިރަސް ޖެހިފައިވެއެވެ.

މިހާތަނަށް ފެނުނު ޕޮޒިޓިވް ކޭސްތައް:

  • ކުރެއްދޫ އައިލެންޑް ރިސޯޓް: 5
  • ސޭންޑީޒް ބަތަލާ: 2
  • އަނަންތަރާ ދިގު: 2
  • ކުރަމަތި ރިސޯޓް: 2
  • ވައިޓް ވޭވްސް ސަފާރީ: 2

ކޮރޯނާވައިރަސް ޖެހުނު މީހުންގެ ތެރެއިން ދެ މީހަކު ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ 70 އަހަރުގެ ފަތުރުވެރިޔާގެ ހާލަތު ސީރިއަސް ކަމަށް އެންއީއޯސީން ބުނެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް