Advertisement
ކ. މާލެ
|
15 މާރޗް 2020 | އާދީއްތަ 15:04
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
ކޮވިޑް-19: އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ގަޑިތަކަށް ބަދަލުގެނެސް، 55 އަހަރުން މަތީގެ ފަރާތްތަކަށް ޗުއްޓީ
ރަސްމީ ގަޑި ވަނީ ހެނދުނު 8:00 މެންދުރުފަހު 14:00 ބަދަލުކޮށްފަ
55 އަހަރަށް ވުރެން ދޮށީ އުމުރުފުރައިގެ ފަރާތްތަކަށް ވައިރަސްގެ އަލާމާތެއް ފެނި އެދިއްޖެނަމަ 30 ދުވަހުގެ ހާއްސަ ޗުއްޓީއެއް ދޭނެ
އިންތިހާބަށް މިވަގުތު ބޭނޫން ނޫންފަރާތްތައް ވަގުތީގޮތުން ދޫކޮށްލާނެ

ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން މުވައްޒަފުންގެ ރައްކާތެރިކަމަށް ވިސްނާ ރަސްމީ ގަޑިތަކަށް އިލެކްޝަންސް ކޮމިޝަނުން ބަދަލު ގެނެސްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން މިދާ ކޮވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން އެޗްޕީއޭގެ ލަފާގެ މަތިން ރައްކާތެރިވުމަށް ކުރަން އަންގާފައިވާ މަސައްކަތް އެ ކޮމިޝަނުން ކުރަމުން ދާކަމަށާއި އެގޮތުން ރަސްމީ ގަޑި ހެނދުނު 8:00 މެންދުރުފަހު 14:00 ބަދަލުކޮށްފައިވާކަމަށެވެ. އަކްރަމް ވިދާޅުވީ، މި ނިންމުގެ އިތުރަށް ކޮމިޝަނުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރެއިން 55 އަހަރަށް ވުރެން ދޮށީ އުމުރުފުރައިގެ ފަރާތްތަކަށް ވައިރަސްގެ އަލާމާތެއް ފެނި އެދިއްޖެނަމަ 30 ދުވަހުގެ ހާއްސަ ޗުއްޓީއެއް ދިނުމަށް ނިންމާފައިވާކަމަށް އަކްރަމް ވަނީ ވިދާޅުވެފައެވެ.

Advertisement

މާލީ ދަތިކަމުން އަރައިގަތުމަށްޓަކައި އިންތިހާބަށް ނަގާފައިވާ ޓާސްކް ފޯސްއާއި ދޭތެރޭ އަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅިގެންދާނެކަން ފާހަގަކޮށް އަކްރަމް ވިދާޅުވީ ކޮންމެހެން އިންތިޚާބަށް ބޭނުން ނޫން ފަރާތްތައް ވަގުތީގޮތުން ދޫކޮށްލާނެކަމަށެވެ. އަކްރަމް ވިދާޅުވީ ގައުމުތަކަށް ދަތުރުކުރައްވާއިރު، މިހާރު އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލަތަކާއި އެއްގޮތަށް އެހެން މުވައްޒަފުންނަށް ބިރުވެރިކަން ނުއުފެދޭނެ ގޮތަކަށް 14 ދުވަހުގެ ކަރަންޓީންގައި މަޑުކުރާނެކަމަށެވެ. އިތުރު ގަޑީގެ މަސައްކަތް މަޑުޖައްސައި ކޮންމެހެން ކުރަންޖެހޭ މަސައްކަތް ސެކްރެޓަރީ ޖެނެރަލްގެ ހުއްދައަކާ ނުލާ ނުކުރުމަށް ކޮމިޝަނުން ނިންމާފައިވާކަމަށްވެސް އަކްރަމް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން މި ބަލި ފެނުމާއެކު ސަރުކާރުގެ ބައެއް ކުންފުނިތަކާއި މުއައްސަސާތަކުގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ރަސްމީ ގަޑިއަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް