Advertisement
ކ. މާލެ
|
15 މާރޗް 2020 | އާދީއްތަ 09:50
ކުޅުދުއްފުށި ހޮނިހިރު ބާޒާރު
ކުޅުދުއްފުށި ހޮނިހިރު ބާޒާރު
ޙުސައިން މަޚްތޫމް
ކުޅުދުއްފުށި ސިޓީ
ކޮވިޑް-19: ކުޅުދުއްފުށި ސިޓީގައި ހުރި ޕާކުތައް ވަގުތީ ގޮތުން ބަންދުކޮށްފި
އާޓިފިޝަލް ބީޗާއި އެސަރަހައްދުގެ ފިނި މައިޒާން ބަންދުކުރެވިފައި
ކުޅިވަރު ކުޅޭ ސަރަހައްދު ފަދަ ތަންތަނަށް އެއްވެ ނޫޅުމަށް ވަނީ އިލްތިމާސްކޮށްފައި

ކޮވިޑް-19 އާ ގުޅިގެން ކުޅުދުއްފުށި ސިޓީގައި ހުރި ޕާކުތައް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

ކުޅުދުއްފުށި ކައުންސިލުން ބުނީ ރާއްޖެއިން ކޮވިޑް-19 ފެނިފައިވާ މިދަނޑިވަޅު ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަމުން ގެންދާ ކަމަށެވެ.

އެގޮތުން ކޮވިޑް-19 ރޯގާއާއި ގުޅިގެން ކުޅުދުއްފުށީގައި އުފައްދާފައިވާ ޓާސްކްފޯސްގެ އިރުޝާދުގެ މަތިން ކުޅުދުއްފުށީގެ ޕާރކުތައް ހޮނިހިރު ދުވަހުން ފެށިގެން ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ.

Advertisement

ކައުންސިލުން ބުނީ އުތުރުގެ ދަނޑުވެރިން ޖަމާވާ ހޮނިހިރު ބާޒާރު ބަންދުކޮށްފައިވާ ކަމަށެވެ. އަދި އާޓިފިޝަލް ބީޗާއި އެސަރަހައްދުގެ ފިނި މައިޒާންވެސް ބަންދުކޮށްފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ އާންމުއެހެން ސަރަހައްދުތަށް ކަމުގައިވާ މޫދުއެރޭ ސަރަހައްދުތަކަށް ދަތުރު ދިއުމާއި، ކުޅިވަރު ކުޅޭ ސަރަހައްދު ފަދަ ތަންތަނަށް އެއްވެ ނޫޅުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19އަށް 10 މީހަކު ޕޮޒިވްވެފައިވާއިރު ސްކޫލުތަކާއި ކޮލެޖް ޔުނިވަރސިޓީތައް ބަންދުކޮށް މީހުން އާންމުކޮށް އެއްވެ، އެކި ތަންތަނަށް ޖަމާނުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ރިސޯޓުތަކުން އެހެން ރަށްރަށަށް ދަތުރު ކުރުން ވެސް ވަނީ ހުއްޓުވިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް