ކ. މާލެ
|
15 މާރޗް 2020 | އާދީއްތަ 07:03
އެއަރޕޯޓް
އެއަރޕޯޓް
އެމްއޭސީއެލް
އެމްއޭސީއެލް
އެމްއޭސީއެލް އަށް ސީއޯއޯ އެއް ހޯދަނީ
މިމަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 28 މަރޗް
މިމަގާމަށް މީހަކު ނަގަނީ 3 އަހަރުގެ ދުވަހުގެ މުއްދަތަށް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް ޗީފް އޮޕަރޭޓިން އޮފިސަރެއް (ސީއޯއޯ)އެއް ހޯދަން އިއުލާނުކޮށްފިއެވެ.

އެ ކުންފުނިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ސީއޯއޯގެ މަސްއޫލިއްޔަތަކީ ކުންފުނީގެ އޮޕަރޭޝަނަލް ޕޮލިސީތައް ތަންފީޒުކޮށް، އެއަރޕޯޓުގެ ހިންގުން އޮމާންކަމާއެކު ގެންދިޔުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމަށެވެ.

މިމަގާމަށް ބޭނުންވާ މީހެއްގެ ފެންވަރު ނުވަތަ ޝަރުތުގެ ތެރޭގައި ޕޯސްޓް ގްރެޖުޔޭޓް ޑިގްރީއެއް އޮތް މިދާއިރާގައި 15 އަހަރު ދުވަހުގެ ތަޖުރިބާ ކޯޕަރޭޓް ސެކްޓަރ ގައި އަދި މަދުވެގެން 5 އަހަރުގެ އޭވިއޭޝަންގެ އޮޕަރޭޝަން މެނޭޖްމެންޓްގެ ބައިގައި މަސައްކަތްކޮށްފައި ހުންނަންޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

މިމަގާމަށް މީހަކު ނަގަނީ 3 އަހަރުގެ ދުވަހުގެ މުއްދަތަށެވެ. އަދި މިމަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 28 މަރޗް އެވެ. އެމްއޭސީއެލް އިން މީގެ ކުރިންވަނީ އެ ކުންފުންޏަށް ސީއީއޯއެއް ހޯދަން އިއުލާނުކޮށްފައެވެ.

މި ސަރުކާރުގައި މިހާތަނަށް އާއިރު ވެރިއަކު ހަމަނުޖައްސައި އޮތް ހަމައެކަނި ކުންފުންޏަކީ އެމްއޭސީއެލްއެވެ.

- ކޮމެންޓް