Advertisement
ކ. މާލެ
|
14 މާރޗް 2020 | ހޮނިހިރު 14:23
ޔުނިވަސިޓީގެ ދަރިވަރުންގެ ދަސްވެނިވުންގެ ތެރެއިން
ޔުނިވަސިޓީގެ ދަރިވަރުންގެ ދަސްވެނިވުންގެ ތެރެއިން
ރައީސް އޮފީސް
ކޮވިޑް-19
ކޮވިޑް-19: 2 ހަފުތާއަށް ޔުނިވަރސިޓީތަކާއި ކޮލެޖުތަކާއި ތަމްރީނުދޭ މަރުކަޒުތައް ބަންދުކުރުމަށް އަންގައިފި!
ބަނދުކުރުމަށް އަންގާފައިވަނީ 2 ހަފްތާއަށް

2 ހަފުތާއަށް ޔުނިވަރސިޓީތަކާއި ކޮލެޖުތަކާއި ތަމްރީނުދޭ މަރުކަޒުތައް ބަންދުކުރުމަށް އަންގައިފިއެވެ.

ހޮނިިހިރު ދުވަހު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމުނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވާފައިވާ ބަޔާނެއްގައި ވަނީ، ރާއްޖޭގައި ހިންގާ ޔުނިވަރސިޓީތަކާއި ކޮލެޖުތަކާއި އަދި ތަމްރީނުދޭ ހުރިހާ މަރުކަޒުތައް ހޮނިހިރު ދުވަހުން ފެށިގެން ދެ ހަފްތާ އަށް ބަންދު ކުރުމަށް އަންގަވާފަ އެވެ.

Advertisement

ޔުނިވަރސިޓީތަކާއި ކޮލެޖުގެ އިތުރުން ތަމްރީނުދޭ މަރުކަޒުތައް ބަންދު ކުރުމަށް އަންގާފައިވާއިރު، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ވަނީ 14 ދުވަހުގެ މުއްދަތުގެ ތެރޭގައި ދުވަހުގެ ދުރުންދޭ ތައުލީމުގެ ނިޒާމުން ކިޔަވައިދިނުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުމަށް މުދައްރިސުންނަށް އިލްތިމާސް ކޮށްފަ އެވެ.

އެ ޔުނިވަރސިޓީން ބުނީ، ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން އިސްކޮށްގެން، ކޮވިޑް-19 ޓާސްކްފޯސް އިން ޔުނިވަރސިޓީގެ މަސްރަޙް ބަލަމުން ދާނެ ކަމަށެވެ. ދައުލަތުގެ ފަރާތްތަކުން މި ރޯގާ ގުޅިގެން އަންގާ އެންގުންތަކަށް އިޙްތިރާމްކުރުމަށް މުވައްޒަފުންނަށާއި ދަރިވަރުންނަށް އެމްއެންޔޫ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް