Advertisement
ކ. މާލެ
|
14 މާރޗް 2020 | ހޮނިހިރު 13:24
ރާއްޖެ ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ކުރިޔަށް ގެންދިޔަ އެމެޖެންސީ ޑްރިލްއެއްގެ ތެރެއިން
ރާއްޖެ ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ކުރިޔަށް ގެންދިޔަ އެމެޖެންސީ ޑްރިލްއެއްގެ ތެރެއިން
ހެލްތު މިނިސްޓްރީ
ކޮވިޑް-19
ކޮވިޑް-19: ކުރެއްދޫއިން ޓެސްޓް ކުރި 10 މިހުންގެ ތެރެއިން އެކަކު ވައިރަސް އަށް ޕޮޒިޓިވް ވެއްޖެ!
ވައިރަސް ޖެހުނު މީހުންގެ އަދަދަކީ 10
ޕޮޒިޓިވް ވީ ދިވެއްސެއް ނޫން
ކުރެއްދޫއިން ޖުމްލަ 5 މީހަކު ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައި

ކުރެއްދޫ އައިލެންޑް ރިޒޯޓުން ކޮވިޑް-19 އަށް އިތުރު މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

މިކަން ހާމަކޮށް އެޗްޕީއޭއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، ކުރެއްދޫ އައިލެންޑް ރިޒޯޓުން ކޮވިޑް-19 އަށް ޝައްކުކުރެވޭ ދިހަ މީހެއްގެ ސާމްޕަލް ނެގައި ޓެސްޓްކުރެވިފައިވާކަމަށާއި އޭގެ ތެރެއިން ބިދޭސީއެއް ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. ބާކީ 9 މީހުން ބައްޔަށް ނެގެޓިވްކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. އަިއިސޮލޭޓްކުރުމަށް ބިދޭސީމީހާ ފަރުކޮޅު ފުއްޓަށް ގެންދިޔުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

Advertisement

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ކޭސްއެއް ފެނިފައިވަނީ ކުރެއްދޫ އިންނެވެ. ހުކުރު ދުވަހުގެ ނިޔަލަށް ރާއްޖެއިން 09 މީހެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ކަރަންޓީން ފެސިލިޓީޒްގައި 17 މީހަކު އަދި އައިސޮލޭޝަންގައި 09 މީހަކު އެބަތިބި ކަމަށެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑް-19އަށް ޕޮޓިވްވި ދެމީހަކަށް ދަނީ ފަރުވާދެމުންނެވެ. މިއަދު ޕިޒިޓިވް ވި މީހާއެކު ޖުމްލަ ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ވަނީ 10 އަކަށް އަރައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް