Advertisement
ކ. މާލެ
|
14 މާރޗް 2020 | ހޮނިހިރު 11:12
އެމްޑީޕީން ކުރިއަށް ގެންދިޔަ ކެންޕޭން ހަރަކާތްތަކުގެ ތެރެއިން
އެމްޑީޕީން ކުރިއަށް ގެންދިޔަ ކެންޕޭން ހަރަކާތްތަކުގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
އެމްޑީޕީ
އެމްޑީޕީން ކައުންސިލު އިންތިޚާބު ކޭމްޕޭނުގެ ހުރިހާ ހަރަކާތްތަކެއް އެއްކޮށް މެދުކަނޑާލައިފި
ރައީސް ގައުމާ މުޚާތަބުކުރައްވައި، ދެއްކެވި އިރުޝާދުތަކަށް މަރުހަބާ ކިޔަން
ސަރުކާރުން އެދޭ ކޮންމެ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދޭނަން
ކެންޕޭން ކުރުމަށް އެކަށީގެންވާ ވަގުތު ދޭންޖެހޭ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ލޯކަލް ކައުންސިލް އިންތިޚާބުގެ ކޭމްޕޭނުގެ ހުރިހާ ޙަރަކާތްތަކެއް އެއްކޮށް މެދުކަނޑާލައިފިއެވެ.

ހުކުރު ދުވަހު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19އާ ގުޅިގެން ދިވެހިރާއްޖޭގެ ހުރިހާ ޞަރަޙައްދަކަށް ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެވި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ޤައުމާ މުޚާތަބުކުރައްވާ، ދެއްކެވި އިރުޝާދުތަކަށް އެމްޑީޕީން މަރުޙަބާ ކިޔާ ކަމަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އަލިއަޅުއްވާލައްވާ އެމްޑީޕީން ބުނީ އިންތިޚާބު ލަސްކޮށްފައިވާއިރު، މިހާރު އެޕާޓީގެ ކޭމްޕޭނުގެ ހުރިހާ ޙަރަކާތްތަކެއް އެއްކޮށް މެދުކަނޑާލާފައިވާ ކަމަށެވެ. އަދި ކޮވިޑް-19 އާގުޅިގެން ރައްޔިތުންގެ ކިބައިން ސަރުކާރުން އެދޭ ކޮންމެ ކަމެއްގައި އެޕާރޓީގެ މެންބަރުންނާއި، އެންމެހާ އިންތިޒާމުތަކާއި، ވަޞީލަތްތަކެއް އެންމެ ފުޅާމިނެއްގައި ފޯރުކޮށްދީ، އެހީތެރިވެދިނުމަށް ތައްޔާރަށް އޮތް ކަމަށެވެ.

Advertisement

04 އޭޕްރީލްގައި ބޭއްވުމަށް ނިންމާފައިވާ ކައުންސިލް އިންތިޚާބު 18 އޭޕްރީލްއަށް އިލެކްޝަން ކޮމިޝަނުން ލަސްކޮށްފައިވާކަން ފަހަގަކުރައްވާ އެމްޑީޕީން ބުނީ ކެމްޕޭނު ކުރުމުގެ ފުރުޞަތު ބަންދުވެފައި އޮތުމަށްފަހު އިންތިޚާބާ ދެމެދަށް ކެންޑިޑޭޓުންނަށް ލިބެނީ އެންމެ 6 ދުވަސްކަމަށްވާތީ، މިއީ ކެމްޕޭނެއް ކުރުމަށް އެކަށީގެންވާ މުއްދަތެއް ނޫން ކަމަށެވެ. އަދި އެއީ ކެންޑިޑޭޓުންނަށް ކެމްޕޭންކުރުމަށް ދިނުމަށް ޤާނޫނުގައި ލާޒިމުކޮށްފައިވާ މުއްދަތައްވުރެ އެތައް ގުނައަކަށް ކުޑަ މުއްދަތެއް ކަމަށް އެޕާޓީން ބުންޏެވެ.

މީގެ އިތުރުން އެމްޑީޕީން ބުނީ، އެޕާރޓީއަކީ ފުޅާ މިނެއްގައި ކެމްޕޭނުގެ ޙަރަކާތްތައް ހިންގައި، ރައްޔިތުންނާ ހަމައަށް ވާޞިލުވެ، ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދީ، އެގޮތުން ފޯރުކޮށްދޭ މަޢުލޫމާތަށް ބިނާކޮށް ރައްޔިތުން ވޯޓުލުމުގެ ފުރުޞަތު ހޯދައިދިނުމަށް ކެމްޕޭންކުރާ ޕާރޓީއެއް ކަމަށެވެ. އަދި ކެމްޕޭން ކުރުމަށް ދެންވެސް ޤާނޫނުގައި ބުނާ މުއްދަތު ކެންޑިޑޭޓުންނަށް ލިބޭނޭކަން ކަށަވަރުކޮށްދީގެން އިންތިޚާބު ބޭއްވުމަށް އެޕާޓީން ވަނީ ގޮވާލާފައެވެ.

ޢާންމު ޞިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާނުކުރެވިފައިވާ މި ދަނޑިވަޅުގައި، އިންތިޚާބުގެ ކެމްޕޭނުގެ ޙަރަކާތްތައް އެއްވެސް ސިފައެއްގައި ނުހިންގުމަށް ޕާރޓީގެ ހުރިހާ ކެންޑިޑޭޓުންނަށާއި ކެމްޕޭން ޓީމުތަކަށް އެމްޑީޕީން ވަނީ އަންގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް