Advertisement
ކ. މާލެ
|
13 މާރޗް 2020 | ހުކުރު 19:24
އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މުއައްޒަފުންނާ ބައްދަލުކުރައްވަނީ
އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މުއައްޒަފުންނާ ބައްދަލުކުރައްވަނީ
އިމިގްރޭޝަން
އިމިގްރޭޝަން
މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާއިރު މެޑިކަލް ރިޕޯޓާ ނުލާ ވިސާދޫކުރާނެ: އިމިގްރޭޝަން
ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެއް
އަލަށް ވާރކް ވިސާއަށް ހުށަހަޅާއިރު މެޑިކަލް ރިޕޯޓު ބޭނުންވާނެ

ކޮވިޑް-19 އާ ގުޅިގެން ވާރކް ވިސާ އަދި އެހެނިހެން ވީސާތަކުގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާއިރު، މެޑިކަލް ރިޕޯޓާއި ނުލާ ވިސާ ދޫކުރާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ގުޅިގެން މިމަހުގެ 12 ވަނަ ދުވަހު ރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށްފައިވާތީ ދަތުރު ފަތުރުކުރުން މަދުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

Advertisement

އެގޮތުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގެ ތެރޭގައި، ވާރކް ވިސާ އަދި އެހެނިހެން ވިސާތަކުގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާއިރު، މެޑިކަލް ރިޕޯޓާއި ނުލާ ވިސާ ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް، އަލަށް ވާރކް ވިސާ އަދި އެހެނިހެން ވިސާއަށް އެދި ހުށަހަޅާއިރު، މިހާރުވެސް އަމަލުކުރަމުންދާ ގޮތުގެ މަތިން މެޑިކަލް ރިޕޯޓު ހުށަހަޅަންޖެހޭ ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ސަރުކާރުގެ އެކި މުއައްސަސާތަކުން އަންނަނީ ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ފެނަކައިގެ މަސައްކަތް ކުރާ މާބަނޑު މުއައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
13 މާރޗް 2020 | ހުކުރު 19:32
ނަސްރު45
ކޮންކަމެއްތޯ 'އިތުރަށް' ހަރުދަނާ ކުރެވުނީ..މިއަކުން ސާފެއްނުވި. ވާރކް ވިސާ އަދި 'އެހެނިހެން' ވިސާއަށް ތިޔަ ދެވެނީ ލުޔެއް.. އަދި 'އެހެނިހެން' ތިކިޔަނީ މިއުޅޭ ގިނަވެގެން އުޅޭ މީހުންނަށް އެތެރެވާން ދޭ ވިސާ ތޯއެއްޗެއް.