Advertisement
ކ. މާލެ
|
13 މާރޗް 2020 | ހުކުރު 19:29
ބްރިގޭޑިއަރ ޖެނަރަލް ގާސިމް ރިޒާއީ
ބްރިގޭޑިއަރ ޖެނަރަލް ގާސިމް ރިޒާއީ
ގޫގުލް
ޕާކިސްތާން
ޕާކިސްތާނުން ޓެރަރިސްޓުން އީރާނާއި ހަވާލުކޮށްދިނުމަށް އެދިއްޖެ
އީރާނުން މިކަން ހާމަކޮށްފައިވަނީ ބްރިގޭޑިއަރ ޖެނަރަލް ގާސިމް ރިޒާއީ ހޯމަދުވަހު ދެއްވި ނޫސްކޮންފަރެންސެއްގަ

އީރާންގެ ސަރަހައްދަށް އަދިވެސް ޕާކިސްތާނުން ޓެރަރިސްޓް ހަމަލާތައް އަންނަ ކަމަށް އީރާނުގެ ސަރަހައްދު ބަލަހައްޓާ ބޯޑަރ ގާޑް ކޮމާންޑަރު ބުނެފިއެވެ.

އީރާނުން މިކަން ހާމަކޮށްފައިވަނީ ބްރިގޭޑިއަރ ޖެނަރަލް ގާސިމް ރިޒާއީ ހޯމަ ދުވަހު ދެއްވި ނޫސް ކޮންފަރެންސެއްގައެވެ. ރިޒާއީ ވިދާޅުވިގޮތުގައި އީރާނުން ވަނީ ޕާކިސްތާނާއެކު މިފަހުން ގުޅުން ބަދަހިކޮށްފައެވެ، އެހެންނަމަވެސް ޕާކިސްތާންގެ ސަރަހައްދުން އީރާނަށް ޓެރަރިސްޓް ހަމަލާތައް އަންނަ ކަމުގައކި އޭނާ ވިދާޅުވިއެވެ.

Advertisement

އޭނާ ސިފަކުރެއްވި ގޮތުގައި "ކުލީ ސިފައިން" މިހާރު ބޭނުންކުރަމުން ދަނީ އެމެރިކާއިން އުފައްދާފައިވާ ފަހުގެ ހަތިޔާރުތަކެވެ. އަދި މި ހަތިޔާރުތަކަކީ ވަރަށް ފަހުން މި ގްރޫޕަށް ލިބިފައިވާ ތަކެތިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި އީރާންގެ އިންތިޚާބު އޮތް ދުވަހު އޮމާން ކަނޑު އޮޅިން އީރާން ސިފައިން ވަނީ ބޯޓެއް ހިފަހައްޓާފައެވެ. މި ބޯޓުގައި ސްމަގްލްކޮށްފައިވާ އެއް މިލިއަން ލީޓަރުގެ ވަގު ތެޔޮ ހުރިކަމަށާއި އަދި އީރާންގެ 6 ސަހައްދަކުން ދޮޅު ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާއި ގަލްފް ސަރަހައްދުން ވަރަށް އެތެރެކުރަން އުޅުނު 6 ޓަނުގެ ވަގު ސާމާނުތައްވެސް އަތުލައިގެންފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް