Advertisement
ކ. މާލެ
|
13 މާރޗް 2020 | ހުކުރު 15:43
މޯލްޑިވިސް ޕޮލިސް ސާރވިސް
މޯލްޑިވިސް ޕޮލިސް ސާރވިސް
މޯލްޑިވްސް ޓައިމްސް
ފުލުހުން
ނައިބު ރައީސްގެ ކާރުކޮޅަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފި
ހައްޔަރުކުރީ 20 އަހަރުގެ ޒުވާނެއް
އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް މައުލޫމާތު ލިބޭ

ނައިބު ރައީސްގެ ކާރުކޮޅަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހިލާލީގެ ކައިރީގައި މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭ މީހަކު ވެހިކަލްތަކަށް ގެއްލުން ދޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މިމައުލޫމާތު ލިބިގެން ފުލުހުން އެސަރަހައްދަށް ދިޔައިރު ހިލާލީގެ ކައިރީ އޮތް ނައިބު ރައީސްގެ ކާރު ކޮޅުގައި ވައިޕަރ އާއި ނަންބަރު ބޯޑު ބިންދާލައި ގެއްލުން ދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

Advertisement

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް