ކ. މާލެ
|
13 މާރޗް 2020 | ހުކުރު 00:30
ސިކްސް ސެންސަސް ލާމު؛ އެ ރިސޯޓުން 2 ބިދޭސީއަކު ވަނީ އައިސޮލޭޓްކޮށްފައި އަދި ކުރަމަތިން ދިވެއްސެއް ވަނީ އައިސޮލޭޓް ކޮށްފައި
ގޫގުލް
ކޮވިޑް-19
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވި 2 ބިދޭސީއަކާއި ކްލޯސް ކޮންޓެކްޓްވި ދިވެއްސެއް އައިސޮލޭޓް ކޮށްފި
2 ބިދޭސީން މޮނީޓާ ކޮށް ދިވެހި މީހާގެ ޓެސްޓްތައް ވަނީ ހަދާފައި

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވި 2 ބިދޭސީއެއް ސިކްސް ސެންސަސްގައި އައިސޮލޭޓްކޮށް މޮނިޓަރކުރަން ފަށައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ސިކްސް ސެންސަސް ލާމު ރިސޯޓުން 2 ބިދޭސީއެއް އެ ރިސޯޓުގައި އައިސޮލޭޓްކޮށް މޮނީޓަރކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ރާއްޖެ އެތެރެވުމުގެ ކުރިން މި ދެ މީހުންވަނީ ކޮވިޑް-19 އަށް ޕޮސިޓިވްވެފައިވާ މީހަކާއި "ކޮންޓެކްޓް" ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކުރަމަތި އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޕޮސިޓިވް ވި ފަތުރުވެރިއަކާއި "ކްލޯސް ކޮންޓެކްޓް' ވެފައިވާ ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓުކުރުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

އަދި ޓެސްޓުގެ ނަތީޖާ ލިބެންދެން އެ މީހާ ގޭގައި އެކަހެރިކުރެވިފާކަމަށް އެޗްޕީއޭއިން ބުނެއެވެ.

- ކޮމެންޓް