Advertisement
ކ. މާލެ
|
12 މާރޗް 2020 | ބުރާސްފަތި 23:21
ބުރާސްފަތި ދުވަހުގެރޭ ޕީޕީއެމުން ބޭއްވި ޕްރެސްކޮންފަރެންސްގެ ތެރެއިން
ބުރާސްފަތި ދުވަހުގެރޭ ޕީޕީއެމުން ބޭއްވި ޕްރެސްކޮންފަރެންސްގެ ތެރެއިން
ޕީޕީއެމް
ކޮވިޑް-19
ޕީޕީއެމުން ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭން ނިންމައިިފި
ދަނޑިވަޅު ސިޔާސީ ނުކުރައްވާ ކަމަށް ވިދާޅުވި
ކެމްޕޭނު ކުރަން ލިބޭ މުއްދަތު ކުުރުވުމުން ކަންބޮޑުވުން ފާޅުކުރި
އިންތިހާބުގެ ވޯޓުލުން ފަސްކޮށްފައިވަނީ އޭޕްރީލްގެ 18 އަށް

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ ސަރުކާރަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުމަށް ދެއްވާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެ ކޯލިޝަންގެ ސަޕޯޓަރުންނަށް ގޮވާލައިިފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މީހުން އެއްތަނަކަށް އެއްވެ ކެމްޕޭނު ކުރުމުގެ ބަދަލުގައި އެހެން ގޮތް ގޮތަކަށް ކެމްޕޭނު ކުރުމަށް ޕާޓީގެ ސަޕޯޓަރުންނަށް ގޮވާލާފަ އެވެ.

އަބްދުއްރަހީމް ވަނީ، ކެމްޕޭނުތައް ކުރިޔަށް ގެންދާއިރުވެސް ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މުުއްދަތުގައި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުގެ އަންގާ އެންގުންތަކަށް ޕާޓީގެ ހުރިހާ ސަޕޯޓަރުން އަމަލުކުރުމަށް ގޮވާލައްވާފަ އެވެ.

Advertisement

އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް ޕީއެންސީގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާނެ ކަމަށާއި، މި ދަނޑިވަޅުގައި އެއްވެސް ކަމެއް ސިޔާސީ ނުކުރައްވާނެ ކަމަށެވެ. އަދި އިދިކޮޅުން ރައްޔިތުންގެ ތެރޭގައި ފިތުނާ އުފައްދާ ބިރުވެރިކަން އުފެއްދުމަށް ދައްކަމުންދާ ވާހަތަކަށް ރައްދު ދެއްވަމުން ޕީއެންސީގެ ރައީސް ވިދާޅުވީ، އެފަދަ އެއްވެސް ކަމެއް ޕީޕީއެމް ޕީއެންސީން ކޮށްފައިނުވާނެ ކަަމަށާއި، އެ ޕާޓީން އަދާކުރައްވަމުން ދަނީ ޒިންމާދާރު އިދިކޮޅުގެ ރޯލު ކަމަށެވެ.

''މިބަލި މަޑުކަމުން ރައްޔިތުން ސަލާމަތް ކުރުމުގައި ކުރަން ޖެހޭ ކޮންމެ މަސައްކަތެއްގައި ފުރިހަމަ އެއްބާރުލުން މި ދެ ޕާޓީގެ ލިބޭނެ.''އަބްދުއްރަހީމް ވިދާޅުވިއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި އެކު އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު އޭޕްރީލް މަހުގެ 18 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައެވެ. 30 ދުވަހުގެ ކުއްލި ނުރައްކަލުގެ މުއްދަތު ހަމަވާނީ އޭޕްރީލް މަހުގެ 13 ވަނަ ދުވަހެވެ. އިދިކޮޅުން ވަނީ އިންތިހާބު ފަސްކުރަން ޖެހޭނީ މުއްދަތެއް ނެތް ގޮތަަށް ކަމަށް މީގެ ކުރިން ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
12 މާރޗް 2020 | ބުރާސްފަތި 23:31
ތިމަންނަ
ބަލަ! ކުރީގައި ތި ބީ އެއް ބާރުލުން ނުދީ ސަރުކާރު އިނދަ ޖައްސާލަން އުތަ؟