Advertisement
ކ. މާލެ
|
12 މާރޗް 2020 | ބުރާސްފަތި 21:51
ފަތުރުވެރިންތަކެއް އެކްސަކަރޝަންގައި
ފަތުރުވެރިންތަކެއް އެކްސަކަރޝަންގައި
ފޭސްބުކް
ކޮވިޑް-19
ކޮވިޑް-19: މި ދުވަސްވަރު އެކްސްކަރޝަންއަށް ދިއުން ހުއްޓާލުމަށް އަންގައިފި
ހުއްޓާލުމަށް އަންގާފައިވަނީ މީހުން ދިރިއުޅޭ ރަށްރަށަށް އެކްސްކަރޝަންއަށް ދިއުމާއި، މީހުން ދިރިއުޅޭ ރަށްރަށުންފަތުރުވެރިން ރިސޯޓްތަކަށާއި ސަފާރީތައް ފަދަ ތަންތަނަށް އެކްސްކަރޝަންއަށް ދިއުން

ކޮވިޑް-19 އާއި ގުޅިގެން އެކްސްކަރޝަންއަށް ދިއުން ހުއްޓާލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފެތުރެމުންދާ ކޯވިޑް-19 ރޯގާއާ ގުޅިގެން، މީހުން ދިރިއުޅޭ ރަށްރަށަށް އެކްސްކަރޝަންއަށް ދިއުމާއި، މީހުން ދިރިއުޅޭ ރަށްރަށުން ފަތުރުވެރިން ރިސޯޓްތަކަށާއި ސަފާރީތައް ފަދަ ތަންތަނަށް އެކްސްކަރޝަންއަށް ދިއުން މިހާރުން ފެށިގެން ހުއްޓާލުމަށް އަންގާ ކަމަށެވެ.

Advertisement

އަދި މި ހާލަތުގައި، ބަލި ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަށް އާއްމު ފަރުދުންނާއި، ކުންފުނިތަކުންނާއި ފަތުރުވެރިންވެސް ސަމާލުވެ، އެންގުންތަކާއި އެއްގޮތަށް ޢަމަލު ކުރުމަށް ބަޔާނުގައިވެއެވެ. އަދި މިކަމުގައި މިހާތަނަށް ހުރިހާ ފަރާތްތަކުން ދީފައިވާ އެއްބާރުލުން ފާހަގަކޮށް އެޗްޕީއޭއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

އެޗްޕީއޭ އިން އެކްސްކަރޝަންއަށް ދިއުން މަނާކޮށްފައިވާއިރު، އާންމު ތަންތަނަށް އެއްވެ ނޫޅުމަށާއި، ހޮސްޕިޓަލް ފަދަ ތަންތަނަށް އަދި ޒަރޫރީ ބޭނުމެއްގައި ނޫނީ ޒިޔާރަތް ނުކުރުމަށް ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް