Advertisement
ކ. މާލެ
|
12 މާރޗް 2020 | ބުރާސްފަތި 21:12
ރާއްޖެ ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ކުރިޔަށް ގެންދިޔަ އެމެޖެންސީ ޑްރިލްއެއްގެ ތެރެއިން
ރާއްޖެ ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ކުރިޔަށް ގެންދިޔަ އެމެޖެންސީ ޑްރިލްއެއްގެ ތެރެއިން
ހެލްތު މިނިސްޓްރީ
ކޮވިޑް-19
ކުރެއްދޫއިން އިތުރު 10 މީހަކު ކޮވިޑް-19 އަށް ޓެސްޓު ކުރަނީ
ބައްޔަށް 8 މީހަކު ވަނީ ޕޮޒިޓިވްވެފައި
ސްކޫލުތައް ހުޅުވުން ވަނީ ހަފްތާއަކަށް ފަސްކޮށްފައި
އޮބްލޫ-ސަނެގެލި ރިސޯޓުން ދެ ބިދޭސީއަކު ދަނީ ޓެސްޓު ކުރަމުން

ކުރެއްދޫ އައިލެންޑް ރިޒޯޓުން ކޮވިޑް-19 އަށް ޝައްކުކުރެވޭ ދިހަ މީހެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ ކުރެއްދޫގައި އެކަހެރިކޮށްފައިވާ ދިހަ މީހެއްގެ ގައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެންނާތީ އެމީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ އިތުރުން އޮބްލޫ-ސަނެގެލި ރިސޯޓުން ދެ ބިދޭސީއަކު ކޮވިޑް-19 އަށް ޝައްކުރެވޭ އަލާމާތްތަކެއް ފެންނާތީ އެ ފަރާތްތަކުގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

Advertisement

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ކޭސްއެއް ފެނިފައިވަނީ ކުރެއްދޫ އިންނެވެ. އެ ދެމީހުންނަކީ ބިދޭސީންނެވެ. އެ ދެ މީހުންނާއި އެކު އެ ރޯގާ އަށް ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ އަށަކަށް އަރާފައެވެ. އެޗްޕީއޭ އިން ބުނެފައިވާ ގޮތުން އެ އެންމެންގެ ހާލުވެސް ރަނގަޅެވެ. އޭގެ ތެރެއިން ދެ މީހަކަށް އިތުރު ފަރުވާދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ހަދާފައިވާ އައިސީޔޫ އަށް 70 އަހަރުގެ މީހަކު ވަނީ ބަދަލުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް