ކ. މާލެ
|
12 މާރޗް 2020 | ބުރާސްފަތި 16:50
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އޮފީސް
ކޮވިޑް-19
އިގްތިސާދު ކުރިއަރާ މިންވަރު ބޮޑު ތަނުން ދަށަށްދާނެ، ރައްޔިތުންނަށް ދޭ ހިދުމަށް ހުއްޓުމަކަށް އަޔަ ނުދޭނަން: ރައީސް
ރާއްޖެއިން 8 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި
ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާންކޮށްފައި
ސްކޫލުތައް ހުޅުވުން އެއް ހަފްތާ އަށް ވަނީ ފަސްކޮށްފައި

ކޮވިޑް-19 ގެ ސަބަބުން، އިގްތިސާދު ކުރިއަރާ މިންވަރު ބޮޑު ތަނުން ދަށަށްދާނެ ކަމަށާއި، ނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ދެމުން އަންނަ އެއްވެސް ޚިދުމަތަކަށް ހުއްޓުމެއް އަޔަ ނުދޭނެކަމަށް ރައީސް އިބްރަހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ބުރާސްފަތި ދުވަހު ގައުމާ މުހާތަބުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ރޯގާގެ ސަބަބުން މުޅި ދުނިޔޭގެ އިގުތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް މިހާރުވެސް އަތުވެއްޖެ ކަމަށާއި އަދި ރާއްޖޭގެ އިގްތިސާދަށްވެސް ވަރަށް ބޮޑު ހީނަރުކަމެއް އަންނަމުން އެބަދާ ކަމަށެވެ. މި މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނިވެސް ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު މިދިޔަ އަހަރާ އަޅައިބަލާއިރު، 22.8 އިންސައްތަ ވަނީ ދަށަށް ގޮސްފައެވެ. އަދި ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 1،61740 ގިނަ ބުކިން ވަނީ ކެންސަލް ކޮށްފައެވެ.

ރައީސް ވިދާޅުވީ، ބުކިންތައް ކެންސަލްވަމުންދާ ނިސްބަތަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅައި ބަލާއިރު 12 އިންސައްތަ އާއި 35 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

''އަޅުގަނޑުމެން ކުރިން އަންދާޒާ ކުރީ މިއަހަރުގެ ފަތުރުވެރިކަން 8 އިންސައްތަ ކުރިއަރާނެ ކަމަށް.''ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ކުރިން އަންދާޒާ ކޮށްފައިވާ ގޮތުން މިއަހަރުގެ ތެރޭގައި 7.5 އިންސައްތައިގައި ޖީޑީޕީ ކުރިއަރާނެ ކަމަށެވެ.

ނަމަވެސް ކޯވިޑް19ގެ ސަބަބުން، އިޤްތިޞާދަށް އަރާނެ ލޮޅުމަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ޖީ.ޑީ.ޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ، 0.5 އިންސައްތަ އާއި މައިނަސް 5.6 އިންސައްތައާ ދެމެދުގެ މިންވަރެއްގައި. މި ބަދަލުގެ ސަބަބުން، މިއަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކުރި ޢަދަދަށް ވުރެ، 2.1 ބިލިއަން ރުފިޔާ އާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް، މިހާރު އަންދާޒާ ކުރެވޭ.
އިބްރާޙިމް މުހައްމަދު ސޯލިހު - ރައީސުލްޖުމްހޫރިއްޔާ

ރައީސްގެ ހިތާބުގައި އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ބޭހުގެ ސާމާނުވެސް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށެވެ. ރާއްޖެއަށް ތިން މަސްދުވަހަށް ފުދޭ މިންވަރަށް ބޭހުގެ އެހީ ފޯރުކޮށްދޭން އަވައްޓެރި އިންޑިއާއިން ނިންމާފައިވާކަމަށެވެ.

- ކޮމެންޓް