Advertisement
ކ. މާލެ
|
12 މާރޗް 2020 | ބުރާސްފަތި 03:51
ކޮވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒު
ކޮވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒު
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
ފަރުކޮޅުފުށީގައި އައިސޮލޭޓް ކޮށްފައިވާ ދިވެއްސެއް ގޭގައި އެކަހެރިކޮށްފި
ގޭގައި އެކަހެރިކުރީ ނަތީޖާ ނެގެޓިވްވުމުން

ފަރުކޮޅުފުށީގައި އައިސޮލޭޓް ކޮށްފައިވާ ދިވެއްސެއް ގޭގައި އެކަހެރިކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނީ ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާފައިވާ ދިވެއްސެއްގެ ނަތީޖާ "ނެގަޓިވް" ވުމާ ގުޅިގެން، ފަރުކޮޅުފުށީގައި އައިސޮލޭޓް ކޮށްފައިވާ އެ މީހާ ގޭގައި އެކަހެރިކޮށް ބެހެއްޓުމަށް ވަނީ ފޮނުވިފައިވާ ކަމަށެވެ.

Advertisement

ސަރުކާރުގެ ފަރާތުން ހާމަކުރި މަޢުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް ޕޮޒިޓިވް ކޭސްއަކަށް ބަދަލެއް ނާދެއެވެ. މިހާތަނަށް ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 8 މީހެކެވެ. މީގެ އިތުރުން ފަރުކޮޅުފުށި އައިސޮލޭޝަންގައި 16 މީހަކާއި، ވިލިވަރު ކަރަންޓީންގައި 13 އެބަތިއްބެވެ.

ސާމްޕަލް އަޕްޑޭޓަށް ބަލާއިރު، މިހާތަނަށް 82 ސާމްޕަލް ނަގާފައިވެއެވެ. މީގެ ތެރެއިން ޕޮޒިޓިވް 8 ސާމްޕަލާއި، ނެގެޓިވް 76 ސާމްޕަލް އަދި ނަތީޖާ ނުލިބޭ 2 ސާމްޕަލެއް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް