Advertisement
ކ. މާލެ
|
11 މާރޗް 2020 | ބުދަ 23:15
އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ހާއްސަ ޑޮކްޓަރ މޫސާ މުރާދު
އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ހާއްސަ ޑޮކްޓަރ މޫސާ މުރާދު
ރާއްޖެއެމްވީ
ކޮވިޑް-19
ކޮވިޑް-19: ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި އައިޖީއެމްޗްގެ އައިސީޔޫވެސް ބޭނުން ކުރާނެ
ޑީއެޗް-11 ގައި އެއްފަހަރާ 10 މީހުންނަށް ފަރުވާ ދެވޭނެ
ބަލި ޖެހުނު 70 އަހަރުގެ މީހަކަށް ދަނީ ފަރުވާދެމުން
ރާއްޖެއިން އަމަލުކުރާނީ ޑަބްލިއުއެއްޗްއޯގެ މިންގަނޑަށް

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ޚާއްޞަކޮށްފައިވާ އައިސީޔޫ ފުލްވެއްޖެ ޙާލަތެއްގައި އައިޖީއެމްއެޗްގެ މައި އައިސީޔޫ ބޭނުންކުރަން ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ސިލްސިލާކޮށް ސަރުކާރުން ބާއްވަމުންދާ ޕްރެސްކޮންފަރެންސްގެ ތެރެއިން، ބުދަ ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ޚާއްޞަ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ، ކޮވިޑް-19 ޖެހޭ މީހުންނަށް ޚާއްޞަކޮށްގެން ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އެއްފަހަރާ 10 މީހުންނަށް ފަރުވާދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. ޑރ. މުރާދު ވިދާޅުވީ، ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާ ކަމަށްވާނަމަ، އިތުރު ވަޞީލަތްތައް ބޭނުން ކުރަން ޖެހިދާނެ ކަމަށެވެ.

''މިސާލަކަށް އައިޖީއެމްއެޗްގެ މެއިން އައިސީޔޫވެސް ހުސްކުރަން ޖެހިދާނެ، މިސާލަކަށް އިތުރު ކޭސްތައް އަންނަ ކަމުގައިވަންޏާ''ޑރ މުރާދު ވިދާޅުވިއެވެ.

Advertisement

މި ފަދަ ބައްޔެއް އިތުރަށް ފެތުރިގެންދާއިރު، ކޮންމެ ބަޔަކަށްވެސް ގޮންޖެހުންތަކެއް ކުރިމަތިވާނެކަން ފާހަގަކުރައްވަމުން ޑރ. މުރާދު ވިދާޅުވީ، ބަލިތައް ފެތުރިގެންދާ ޙާލަތުގައި އެހެން ޤައުމުތަކުގައިވެސް ޢަމަލުކުރަމުންދާ މިންގަނޑުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. ހަމަ އެފަދައިން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރާއްޖެއިންވެސް ޢަމަލު ކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 8 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން ސޭންޑީޒް ބަތަލާ ރިސޯޓުން ބައްޔަށް ޕޮޒިޓިވްވި 70 އަހަރުގެ މީހައަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދަނީ އެ މީހާގެ ޙާލަތު އިތުރަށް މޮނިޓަރ ކުރުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް