Advertisement
ކ. މާލެ
|
11 މާރޗް 2020 | ބުދަ 22:42
ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބުދަ ހަވީރު ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން
ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބުދަ ހަވީރު ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ
ކޮވިޑް-19: ވައިރަސްއާގުޅޭ ހަގީގީ މައުލޫމާތު ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި
މިގޮތަށް ރައީސް އެދިލެއްވީ، ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމަށް އެރުވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި

ރާއްޖޭގެ މީޑިއާތަކުން ވީހާވެސް ތެދު މަޢުލޫމާތު ފެތުރުމަށް ބާރުއަޅުއްވައި އެކަމަށް މަސައްކަތް ކޮށްދެއްވުމަށް ރާއްޖޭގެ މީޑިއާ ކައުންސިލުގެ އިސްބޭފުޅުންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބުދަ ހަވީރު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެއްވެސް ކަމެއްގެ ޙަޤީޤަތް އޮޅޭގޮތަށް ޚަބަރުތައް ޝާއިޢު ކުރަމުންގެންދާނަމަ، އެކަމުގެ ސަބަބުން ތަފާތު މައްސަލަތައް ނުކުންނާނެކަން ފާހަގަކުރައްވަމުން، ކޮންމެ ނޫސްވެރިޔަކުވެސް އެ ނޫސްވެރިއެއްގެ ފުރިހަމަ ޒިންމާ އަދާކުރުމުގެ މުހިއްމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ކޮވިޑް-19 ބާރަށް ފެތުރެމުންދާ މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް ޙަޤީޤީ މަޢުލޫމާތު ފޯރުކޮށްދިނުން ވަރަށް މުހިއްމު ކަމަށާއި، ރައްޔިތުންގެ ތެރޭގައި ހާސްކަން އުފެދޭފަދަ ގޮތްގޮތަށް ތެދުނޫން މަޢުލޫމާތު ފެތުރުމަކީ، ޒިންމާދާރު ގޮތެއްގައި ވާޖިބު އަދާކުރުން ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މީޑިއާތަކުން ފަތުރަމުން ގެންދަނީ ތެދު މަޢުލޫމާތުތޯ ބެލުމަށް މީޑީއާ ކައުންސިލުން މިހާރު ކުރަމުން ގެންދާ މަސައްކަތްތައްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ.

Advertisement

2018 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވެވި ރަސްމިއްޔާތުގައި ޢައްބާސް އިބްރާހީމަށް ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން އޭރު އެރުވިފައިނުވަނީ، އެމަނިކުފާނު އެދުވަސްވަރު ރާއްޖޭގައި ވަޑައިގެން ނެތުމުންނެވެ. ނޫސްވެރިކަމުގެ ދާއިރާގައި ޢައްބާސް އިބްރާހީމް ކުރެއްވި ޚިދުމަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ޢައްބާސް އިބްރާހީމަކީ، ރާއްޖޭގެ ނޫސްވެރިކަމުގެ 75 އަހަރުވީ ތާރީޚުގައި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ނޫސްވެރިކަން ކުރިއަށް ގެންދިޔުމަށްޓަކައި އެފަދަ ބޭފުޅުންގެ ތަޖުރިބާ މިއަދުވެސް ބޭނުންވާ ކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މީޑިއާ ކައުންސިލުގެ ރައީސް ހިދާޔަތުﷲ ދެއްކެވި ވާހަކަފުޅުގައި، މީޑިއާ ކައުންސިލުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި އެ ކައުންސިލަށް މިވަގުތު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަވަސް ޙައްލެއް ހޯދުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް