Advertisement
ކ. މާލެ
|
11 މާރޗް 2020 | ބުދަ 22:17
7/8 ފެބްރުއަރީ 2012- ފައިލް ފޮޓޯ
7/8 ފެބްރުއަރީ 2012- ފައިލް ފޮޓޯ
މުހައްމަދު ޝަރުހާން
ކޮވިޑް-19
ކޮވިޑް-19: ވައިރަހުގެ ބިރަށް އިންތިގާލީ އިންސާފުގެ ބިލަށް ޚިޔާލު ހޯދުން ފަސްކޮށްފި
ކަމާބެހޭ ފަރާތްތަކުން ވަނީ ގިނައިން މީހުން އެއްވެއުޅޭ ތަންތަނަށް ނުދިއުމަށް އިލްތިމާސްކޮށްފަ
އެކި އިވެންޓުތަކާއި ހަރަކާތްތައް ވަނީ ފަސްކޮށްފަ
މި ޤާނޫނަށް ޢަމަލު ކުރަން ފެށުމާއެކު އިންތިޤާލީ އޮމްބަޑްސްމަންގެ އޮފީހެއް އުފެދޭނެ

އިންތިޤާލީ އިންސާފުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން ފަސްކޮށްފިކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ބައްދަލުވުން ކެންސަލް ކުރެވުނީ މިހާރު ދުނިޔޭގައި ފެތުރެމުންދާ އަދި ރާއްޖެއިންވެސް ފެނިފައިވާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް އާއި ގުޅިގެން ކަމަށެވެ.

ކޮރޯނާ ވައިރަސް ރާއްޖެއިން ފެނުމާއި ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ ގިނައިން މީހުން އެއްވެއުޅޭ ތަންތަނަށް ނުދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި މިކަމާއި ގުޅިގެން އެކި އިވެންޓުތަކާއި ޙަރަކާތްތައް ވަނީ ފަސްކޮށްފައެވެ.

Advertisement

އިންތިޤާލީ އިންސާފުގެ ބިލު ހުށަހެޅުމުގެ ބޭނުމަކީ 1 ޖެނުއަރީ 2012 ވަނަ އަހަރުން ފެށިގެން 17 ނޮވެމްބަރު 2018 އާއި ދެމެދު ހިގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުން ތެރިއެއްގެ ފުށުން ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި ޢަސާސި މިނިވަންކަމާއި ޚިލާފަށް ހިންގާފައިވާ ބޮޑެތި ޢަމަލުތައް ބަލައި، އެފަދަކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫނީ އޮނގަނޑު އެކުލަވާލުމެވެ.

މި ޤާނޫނުގެ ދަށުން ފަރުދުންގެ މެދުގައި ޞުލްޙަކޮށް، މުޖްތަމަޢު އެއްބައިވަންތަ ކުރުމަށް މަސައްކަތް ކުރުމާއި ޤައުމުގެ އަމަން އަމާންކަން ދަމަހައްޓައި މަދަނީ މަސަލަސްކަމަށް ޖާގަދިނުމާއި ޤާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކޮށް، ރައްޔިތުންނަށް ޢަދުލު އިންސާފަށް ވާޞިލުވެވޭނެ މަގު ތަނަވަސްކޮށްދެވޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް