Advertisement
ކ. މާލެ
|
11 މާރޗް 2020 | ބުދަ 19:34
ދަރިވަރުންތަކެއް ލައިބަރަރީގައި ފޮތް ކިޔަވަނީ: މާދަމާއިން ފެށިގެން ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ ވަގުތީގޮތުން ބަންދުކުރަުމަށް ވަނީ ނިންމާފައި
ދަރިވަރުންތަކެއް ލައިބަރަރީގައި ފޮތް ކިޔަވަނީ: މާދަމާއިން ފެށިގެން ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ ވަގުތީގޮތުން ބަންދުކުރަުމަށް ވަނީ ނިންމާފައި
ބެންކް އޮފް މޯލްޑިވްސް
ކޮވިޑް-19: ގައުމީ ކުތުބުހާނާ
ކޮވިޑް-19: ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ ވަގުތީގޮތުން ބަންދުކުރަނީ
ލައިބްރަރީ އަލުން ހުޅުވޭނެ ތާރީހެއް އަންގާފައެއް ނުވޭ
ގައުމީ ކުތުބުހާނާއިން ގެންދިޔަ ތަކެތި ރަސްމީ ދުވަސްތަކުގައި ބަލައިގަންނާނެ

ކޮވިޑް-19 އާ ގުޅިގެން ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ ވަގުތީގޮތުން ބަންދުކުރަން ނިންމައިފިއެވެ.

ޤައުމީ ކުތުބުޚާނާއިން ބުނީ މިހާރު ފެތުރެމުންދާ ކޮވިޑް-19 އިން ކުޑަކުދިން ރައްކާތެރި ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ބުރާސްފަތި ދުވަސް (މާދަމާ) އިން ފެށިގެން ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ ވަގުތީގޮތުން ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ލައިބްރަރީން ދެމުން ގެންދާ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލެވޭނެ ކަމަށްވެސް ޤައުމީ ކުތުބުޚާނާއިން ބުނެއެވެ.

Advertisement

ކުތުބުޚާނާއިން ބުނީ އެތަނުން ގެންގޮސްފައިވާ ތަކެތި ހުކުރު އަދި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެނިހެން ދުވަސްތަކުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ ޚިދުމަތް ވަގުތީ ގޮތުން ހުއްޓާލުމަށް ނިންމާފައިވާ އިރު، ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އަންގާފައެވެ. އަދި ޢާންމުކޮށް މީހުން ތަންތަނަށް އެއްވެ ނޫޅުމަށާއި، ކޮންމެހެން ޒަރޫރީ ބޭނުމެއްގައި ނޫނީ ދަތުރު ފަތުރު ނުކުރުމަށް ވެސް ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް