Advertisement
ކ. މާލެ
|
11 މާރޗް 2020 | ބުދަ 19:36
އީސް މައުމޫން އަބްދުލް ގައްޔޫމް، ރައީސްުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
އީސް މައުމޫން އަބްދުލް ގައްޔޫމް، ރައީސްުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ޓްވިޓަރ
ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު
ގައުމީ މަސްލަހަތާއި މަޝްވަރާކުރެއްވުމަށް ގުޅިގެން މައުމޫން ރައީސް ސޯލިޙާއި ބައްދަލުކުރައްވައިފި
ޓުވީޓުގައި ވަނީ ގައުމީ މަސްލަހަތާއި ގުޅިގެން މަޝްވަރާ ކުރުމަށް ރައީސް ސޯލިހު ބައްދަލުކުރެއްވީތީ ޝުކުރުއަދާ ކުރައްވާފަ

ޤައުމީ މަޞްލަޙަތާއި ގުޅިގެން ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވައިފިއެވެ.

Advertisement

މިކަމާއި ގުޅިގެން ރައީސް މައުމޫން ވަނީ ބުދަ ދުވަހު ޓުވީޓެއް ކުރައްވާފައެވެ. އެމަނިކުފާނު ކުރެއްވި ޓުވީޓުގައި ވަނީ ޤައުމީ މަޞްލަޙަތާއި ގުޅިގެން މަޝްވަރާ ކުރުމަށް ރައީސް ޞާލިޙު ބައްދަލުކުރެއްވީތީ ޝުކުރުއަދާ ކުރައްވާފައެވެ.

ރައީސް މައުމޫން ރައީސް ޞާލިޙާއި ބައްދަލުކުރައްވާފައިމިވަނީ މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް ރާއްޖެއިން ފެނިފައިވަނިކޮށެވެެ. އަދި މިކަމާއި ގުޅިގެން ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި ސަރުކާރުގެ ވުޒާރާތަކުން މިހާރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި، ޤައުމުގެ މިހާރުގެ ޙާލަތު ރައީސް ޞާލިޙު ގެންދަވަނީ ވަރަށް ގާތުން ބައްލަވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް