Advertisement
ކ. މާލެ
|
11 މާރޗް 2020 | ބުދަ 18:31
ކޮވިޑް-19 ގެ ޓާސްކްފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު
ކޮވިޑް-19 ގެ ޓާސްކްފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
ކޮވިޑް-19: ކުރެއްދޫގެ ބައެއް ބަންދުކޮށް ރިސޯޓް ހުޅުވުމަށް މަސައްކަތް ކުރަނީ
އެ ރިސޯޓުގައި ޑޮކްޓަރުންގެ ޓީމަކުން ދަނީ ހަރަކާތްތެރިވަމުން

ރާއްޖެއިން ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ މީހާ ފެނުނު ޅ. ކުރެއްދޫ ރިސޯޓުގެ ބައެއް ބަންދުކޮށް ރިސޯޓު ހުޅުވުމުގެ މަސައްކަތް ފަށައިފިއެވެ.

ކޮވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް-19 ގެ ޓާސްކްފޯހުގެ ތަރުޖަމާނު ބްރޫކް އަޒީޒު ވިދާޅުވީ ކުރެއްދޫ ރިސޯޓުގައި އެކަހެރިކޮށްފައިވާ މީހުން ވަކި ޞަރަޙައްދަކަށް ގެންގޮސް އެ ޞަރަޙައްދު ބަންދު ކުރުމަށްފަހު، ރިސޯޓު ހުޅުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

Advertisement

ކުރެއްދޫ ރިސޯޓުން ކޮވިޑް-19 އަށް ހަތަރު މީހަކު ޕޮޒިޓިވްވެފައިވާ އިރު، އެ ރިސޯޓް އޮތީ އެލަރޓް ލެވެލް އޮރެންޖުގައެވެ. ކޮވިޑް-19 އަށް އެ ރިސޯޓުން ޕޮޒިޓިވްވެފައިވަނީ ދެ ބިދޭސީ މުވައްޒަފަކާއި އިޓަލީގެ ދެ ޓޫރިސްޓެކެވެ.

ކުރެއްދޫއާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ އެ ރިސޯޓުގައި ޑޮކްޓަރުންގެ ޓީމެއް ޙަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އެ ރިސޯޓްގައި މި ވަގުތު ރޫމް އައިސޮލޭޝަންގައި ބަޔަކު އެބަތިބި ކަމަށާއި އެމީހުންގެ ކަންކަން ޑޮކްޓަރުން މޮނިޓަރ ކުރަމުންދާ ކަމަށެވެ.

އައިސޮލޭޝަންގައި ތިބި މީހުންނާމެދު ގޮތްތަކެއް ޑޮކްޓަރުން ނިންމަވައި، އައިސޮލޭޝަންގައި ތިބޭ މީހުން ވަކި ސަރަހައްދަކަށް ގެންގޮސް އެ ސަރަހައްދު ބަންދުކޮށްފައި ބޭއްވުމަށް މަސައްކަތް ކުރަމުންދަނީ. އެ ސަރަހައްދު އެހެން ބޭއްވުމަށްފަހު ރިސޯޓް އާންމުކޮށް ހުޅުވާލެވޭތޯ ވެސް ބަލަމުން މިދަނީ. ރިސޯޓްގައި ތިބި ޓޫރިސްޓުންގެ ހާލު ބައްލަވަމުން މިގެންދަވަނީ އަދި އެމީހުންގެ ތެރެއިން ހާލު ރަނގަޅު ޓޫރިސްޓުން އެ ރިސޯޓުން ފުރުވާލެވޭތޯ ވެސް މިހާރު ބަލަމުން އެބަދަން،
ކޮވިޑް-19 ގެ ޓާސްކްފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު

ކުރެއްދޫ ރިސޯޓުގައި 699 ޓޫރިސްޓުންނާއި 270 ދިވެހި މުވައްޒަފުންގެ އިތުރުން 420 ބިދޭސީ މުވައްޒަފުން އެބަތިއްބެވެ.

ކުރެއްދޫއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެފައިވަނީ އެ ރަށުގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އަދި އެ ޓުއަރިސްޓް ކޮވިޑް-19 ގެ ޢަލާމާތްތައް ހުއްޓާ އޭނާއަށް ރާއްޖެ އެތެރެވެވި އަދި އޭނާ ފުރުނު މައްސަލާގެ ޖިނާޢީ ތަޙުޤީޤެއް މިހާރު ވަނީ ފަށާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް