Advertisement
ކ. މާލެ
|
11 މާރޗް 2020 | ބުދަ 18:35
އެމްޑީޕީގެ ކެމްޕެއިން ސްޕޯކްސްޕާސަން އަފްޝަން ލަތީފް
އެމްޑީޕީގެ ކެމްޕެއިން ސްޕޯކްސްޕާސަން އަފްޝަން ލަތީފް
މުހައްމަދު ފަޒީން
އެމްޑީޕީ ޕްރެސް
އިންތިހާބު ފަސްކުރަން ނިންމާނީ ގައުމީ މަޖިލީހުން: އެމްޑީޕީ
އިންތިހާބު ފަސްކުރުމަށް ބައެއް ސިޔާސީ ލީޑަރުން ވަނީ ގޮވާލައްވާފަ
އިންތިހާބު ފަސްކުރެވޭނީ ކޯޓުގެ އަމުރެއްގެ ދަށުން

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19)އާ ގުޅިގެން އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު، ފަސްކުރުމާމެދު އެމްޑީޕީން ގޮތެއް ނިންމާނަމަ، ނިންމާނީ އެޕާޓީގެ ޤައުމީ މަޖިލީހުން ކަމަށް އެމްޑީޕީން ބުނެފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ ކެމްޕެއިން މައި އޮފީހުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން ކެމްޕެއިން ސްޕޯކްސްޕަރސަން އަފްޝަން ލަޠީފު ވިދާޅުވީ، އިންތިޚާބު ފަސްކުރަންޖެހޭ ޙާލަތެއް މެދުވެރި ވެއްޖެނަމަ އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާއެކުގަ ވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ. އިންތިޚާބު ފަސްކުރުމާއި ގުޅޭ ގޮތުން އެމްޑީޕީން ގޮތެއް ނިންމާނަމަ ނިންމާނީ އެޕާޓީގެ ޤައުމީ މަޖިލީހުން ކަމަށްވެސް އަފްޝަން ވިދާޅުވި އެވެ.

އަފްޝަން ވިދާޅުވީ އަދި މިހާތަނަށް އިންތިޚާބު ފަސްކުރުމުގެ އެއްވެސް އިޝާރާތެއް އިލެކްޝަންސް ކޮމިޝަނުން ދެއްވާފައިނުވާތީ، އެމްޑީޕީން ސޯޝަލް މީޑިއާއާއި ޓެކްނޮލޮޖީގެ އެކިއެކި އެކިއެކި ވަޞީލަތްތައް ބޭނުންގެން ކެމްޕެއިން ޙަރަކާތްތައް މިހާރުވެސް ހިންގަމުންދާ ކަމަށެވެ.

އަފްޝަން ވިދާޅުވީ ރާއްޖެއިން ކޮރޯނާވައިރަސް ފެނުމާއި ގުޅިގެން، އެމްޑީޕީން އެޕާޓީ ކެމްޕެއިންގެ ޢަމަލީ ޙަރަކާތްތައް ކަމަށްވާ ދޮރުން ދޮރަށް ހިނގުމާއި ޕޯސްޓަރު ހަރުކުރުންފަދަ މީހުން އެއްވެ އުޅެންޖެހޭ ފަދަ ޢަމަލީ ޙަރަކާތްތައް މަޑުޖައްސާލާފަ ކަަށެވެ.

Advertisement

އަފްޝަން ވިދާޅުވީ، އެމްޑީޕީން މިހާރު ފަށާފައިވާ ސޯޝަލް މީޑިއާ އަދި އެކިއެކި އެޕްލިކޭޝަންސްތައް ބޭނުންކޮށްގެން ހިންގާ ކެމްޕެއިން ޙަރަކާތްތައް މިހާރުވެސް ހިންގަމުންދާއިރު، ޙާލަތަށް ބަލާ، އެކަށީގެންވާ ގޮތެއްގައި މިހާރުވެސް ކެމްޕެއިން ޙަރަކާތްތައް ހިންގަމުންދާ ކަމަށެވެ.

ބައެއް ސިޔާސީ ޕާޓީތަކުން އިންތިޚާބު ފަސްކުރުމަށް ގޮވާލާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން އަދި އޮތީ އިންތިޚާބު ކުރިއަށް ގެންދާ ގޮތަށެވެ. ނަމަވެސް ޙާލަތަށް ބެލުމަށްފަހު، އިންތިޚާބު ފަސްކުރުން ވެސް އެކަށީގެންވެއެވެ.

އިންތިޚާބު ފަސްކުރާނަމަ، އެކަން ކުރެވޭނީ ކޯޓު ޢަމުރެއްގެ ދަށުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާގޮތުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން މިހާރުވެސް ބޮޑެތި ޚަރަދުތަކެއް ކުރެވިފައިވާއިރު، އިންތިޚާބު ފަސް ކުރާނަމަ މިހާރު ވެސް 25 މިލިއަން ރުފިޔާ އިތުރަށް ބޭނުންވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް