Advertisement
ކ. މާލެ
|
11 މާރޗް 2020 | ބުދަ 15:39
ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް
ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް
ރާއްޖެއެމްވީ
ކޯވިޑް-19
ކޯވިޑް-19: ރާއްޖެއިން ޕޮޒިޓިވް ކޭސް 8، ކަރަންޓީންގައި 27
3 ރިސޯޓް ވަނީ ލޮކްޑައުންކޮށްފައި
އުމްރާއިން އަންނަ މީހުންވެސް ދަނީ ކޯވިޑް-19 އަށް ޓެސްޓް ކުރަމުން
ދަރުމަވަންތަ ހޮސްޕިޓަލްގައި އޮތް މީހާގެ ހާލު ރަނގަޅު ކަމަށް ވިދާޅުވި

ކޯވިޑް-19 އަށް ރާއްޖެ އިން ޕޮޒިޓީވް ވެފައިވަނީ 8 މީހުން ކަމަށާއި، މިވަގުތު ކަރަންޓީން ކޮށްފައި ތިބީ 27 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

Advertisement

ޕޮޒިޓިވް ވެފައިވާ މީހުންނަކީ ބިދޭސީން ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުން ޕޮޒިޓިވްވި 4 މީހުންނާއި ކުރަމަތި ރިސޯޓުން ޕޮޒިޓިވްވި ދެ މީހުންގެ އިތުރުން ބަތަލާ އައިލެންޑް ރިސޯޓުން ޕޮޒިޓިޓްވި ދެ މީހުންނެވެ. މި ތިން ރިސޯޓަށް މީހުން އަރާފެބުން ވަނީ މަނާކޮށްފައެވެ.

ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދެވުނު ޕޭޝަންޓް

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދެވިފައިވާ ކޯވިޑް-19 އަށް ޕޮޒިޓީވް ވި މީހާއަކީ ލެވެލް 11 ގައި ހުރި މީހެއް ކަމަށާއި އޭނާއަކީ އުމުރުން ދުވަސްވީ މީހަކަށްވާތީ "ކްލޯސް މޮނިޓަރިންގ" ކޭސްއަކަށް ވާތީ ޑޮކްޓަރުން ޓީމުން ބޭނުންވެގެން ކަމަށެވެ.

އަދި އޭނާގެ ހާލަތު ގޯސްނޫން ކަމަށާއި އޭނާގެ ފުއްޕާމޭގައި ކޮންމެސް ވަރަކަށް "ކޮންޖެޝަން" ހުރުމުން އިތުރަށް މޮނިޓަރ ކުރެވެމުންދާ ކަމަށެވެ.

ކުރިންވެސް ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފްލޯރއަކީ ބޮޑަށް ބަލިވާ މީހުންނާއި، ކްލޯސް މޮނިޓަރިންގ ގަ ބަހައްޓަންޖެހޭ މީހުން ގެންދިއުމަށް ސެޓަޕް ކޮށްފައިވާ ފެސިލިޓީއެއް ކަމަށާއި އޭނައާއެކު އޭނާގެ އަނބިމީހާއާއި އިތުރު މީހަކު ގެންދިޔައީ އޮންނަ ޕްރޮސިޖަރ ގެ ތެރެއިން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އުމްރާއިން އަންނަ ދިވެހިންނާ މެދު އަމަލުކުރާނެ އުސޫލު

މަބްރޫކް ވިދާޅުވީ އުމްރާއިން މިއަދު ރާއްޖެ އައި ފްލައިޓް ގައި 50 މީހުން ތިބި ކަމަށާއި އެމީހުން ގެނައުމުގެ ކުރިންވެސް ބަލީގެ އަލާމާތެއް ހުރިތޯ ބަލާފައިވާ ކަމަށެވެ. އެގޮތުން އުމްރާއަށް ދިޔަ ފަރާތްތަކާއެކު ދަތުރުކުރި ޑޮކްޓަރާ ގުޅައިގެން އިސްލާމިކް މިނިސްޓްރީން އެ ފަރާތްތަކުގެ މައުލޫމާތު އޮޅުންފިލުވާފައިވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖެ އައުމުންވެސް ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރިތޯ ބަލާފައިވާ ކަމަށާއި އަދި ދެވަނަ ފްލައިޓެއް 13 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށާއި އެ ފްލައިޓާ މެދުވެސް އެގޮތަށް އަމަލުކުރެވޭނެ ކަމަށެވެ. އުމްރާއިން އަންނަ މީހުންވެސް ސްކްރީން ކުރުމަށްފަހު ސްކްރީނިންގައި ޝައްކުކުރެވޭ އަލާމާތްތައް ފެންނަނަމަ، އެމީހަކު ޓްރެވަލް ކްލިނިކަށް ގެންދާނެ މަބްރޫކް ވިދާޅުވިއެވެ.

އެއަށްފަހު ޓެސްޓުތައް ހެދުމަށްފަހު ކެޓެގަރައިޒް ކުރެވޭނެ ކަމަށާއި އަލާމާތެއް ނެތް ނަމަވެސް ދެ ހަފްތާ ވަންދެން ސެލްފް އައިސޮލޭޝަންގައި ތިބެން އެދިފައިވާނެ ކަމަށެވެ. އެ މުއްދަތުގައި އަލާމާތެއް ފެނޭތޯ ބަލަމުންދާނެ ކަމަށާއި ގޭގެ ތިބޭ މީހުންގެ ހާލުވެސް ބަލަމުންދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް