Advertisement
ކ. މާލެ
|
11 މާރޗް 2020 | ބުދަ 11:49
ވިލަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ
ވިލަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ
އަގޯޑާ
ކޮވިޑް-19
ކޮވިޑް-19: ވިލަމެންދޫ އިން ސާމްޕަލް ނެގި މީހާ ނެގެޓިވް، ރިސޯޓް ހުޅުވައިފި
އޭނާއަކީ ރިސޯޓުގަައި މަސައްކަތްކުރަމުން ދިޔަ ދިވެހި މުވައްޒަފެއް
މިހާތަނަށް އެއްވެސް ދިވެއްސަކު ވައިރަސްއަށް ޕޮޒިޓިވްވެފައެއް ނުވޭ
ބައްޔަށް ޓެސްޓް ކުރި މީހާ ނެގެޓިވް. ރިސޯޓުވެސް ހުޅުވައިފި

އދ. ވިލަމެންދޫ ރިސޯޓުގައި މަަސައްކަތްކުރަމުންދާ ދިވެހި މުވައްޒަފެއްގެ ގައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމާއި ގުޅިގެން، ސާމްޕަލް ނަގާ ޓެސްޓްކުރި މީހާ ވައިރަހަށް ނެގެޓިވް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބުނެފިއެވެ.

އެޗްޕީއޭއިން އަންގާރަ ދުވަހު ކުރި، ޓްވީޓެއްގައި ވަނީ އެ މީހާ ފުށުން ކޮވިޑް19ގެ އަލާމާތްތައް ފެނުމާއި ގުޅިގެން، ޓެސްޓްތައް ހެދުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އަދި އެ ރިސޯޓުގައި ކޮންޓެކްޓް ޓްރޭސިންގ ހަދަމުން ދިއުމާއި ގުޅިގެން، އެ ރަށުން އަރާ ފޭބުން ވަގުތީ ގޮތުން މަނާކުރެވިފައިވާކަމަށެވެ.

Advertisement

ޓެސްޓްގެ ނަތީޖާ ހާމަކޮށް ބުދަ ދުވަހު އެޗްޕީއޭއިން ބުނެފައިވަނީ، ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އދ.ވިލަމަންދޫ ރިސޯޓު އައިލަންޑުން ސާމްޕަލް ނަގާ ޓެސްޓްކުރި މީހާ ބައްޔަށް ނެގެޓިވް ކަމަށާއި ޓެސްޓްގެ ނަތީޖާއާއި ވިދިގެން އަދި "ކޮންޓެކްޓް ޓްރޭސިންގ" ނިމުމާއި ގުޅިގެން ރަށަށް އަރާ ފޭބުމުގެ އެއްވެސް ހުރަހެއް ނެތްކަމަށެވެ.

ރާއްޖެއިން މި ބަލި ޖެހިފައިވާ 6 މީހަކު ފެނިފައިވާއިރު ސަރުކާރުން ދަނި އިތުރަށް ބަލި ފެތުރިޔަ ނުދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަަސައްކަތެއް ކަމާގުޅޭ އިދާރާތަކާއި ގުޅިގެން ކުރަމުންނެވެ. އެގޮތުން، ސަރުކާރުން ބައްޔާއި ގުޅޭ މައުލޫމާތު ދިނުމަށް ދުވާލަކު ދެފަހަރު ނޫސްވެރިންގެ ބައްދަލުވުން ބާއްވައި އާންމުންނަށް މައުލޫމާތު ހިއްސާކުރަމުންދާއިރު ،ކޮވިޑް-19 އަށް ޕޮޒިޓިވް 6 މީހަކު ރާއްޖެއިން ފެނުމާ ގުޅިގެން، މިހާރުން މިހާރަށް އިތުރަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ފާހަގަކުރެވައި، ބަލި ކޮންޓްރޯލް ކުރެއްވުމަށްޓަކައި ޙާލަތައް ބައްލަވާ، އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅއްވަމުން ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް