Advertisement
ކ. މާލެ
|
10 މާރޗް 2020 | އަންގާރަ 23:23
ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް
ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
ކޮވިޑް-19: ބިދޭސީންނަށް ޚާއްސަކޮށް ފްލޫ ކްލިނިކެއް ހުޅުވައިފި
ހެނދުނު 10 އިން ރޭގަނޑު 10 އަށް ޚިދުމަތް ލިބޭނެ
އެއްވެސް އައިޑެންޓިޓީއެއް ބޭނުން ނުވާނެ

ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި ބިދޭސީންނަށް ޚާއްސަކޮށް ހުޅުމާލޭގައި ފްލޫ ކްލިނިކެއް ހުޅުވާފައިވާ ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި، އަންގާރަ ދުވަހުގެ ރޭ ކޮވިޑް-19ގެ އެންމެ ފަހުގެ މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މިކްލިނިކް ހުޅުވީ ހުޅުމާލޭގެ ޕްރީ ސްކޫލުގައި ކަމަށާއި، އެއީ ބިދޭސީންނަށް ޚާއްސަކޮށްގެން ހުޅުވުނު ފްލޫ ކްލިނިކެއް ކަމަށެވެ. އަދި މިކްލިނިކުން ހެނދުނު 10 އަކުން ރޭގަނޑު 10އަކަށް ޚިދުމަތް ލިބިގެންދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

Advertisement

މީގެ އިތުރުން މަބްރޫކް ވިދާޅުވީ ފަރުވާ ހޯދުމަށް އެއްވެސް އައިޑެންޓީއެއް ބޭނުން ނުވާނެ ކަމަށެވެ.

ބިދޭސީންނަށް ޚާއްސަކޮށް ހުޅުމާލޭގައި ފުލޫ ކްލިނިކެއް ހުޅުވާފައިވާއިރު، މާލޭގައި ފްލޫ ކްލިނިކް ވަނީ ހުޅުވާފައެވެ. އަދި ޓްރެވަލް ކްލިނިކެއްގެ ޚިދުމަތްވެސް މިހާރު ދަނީ ދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް