Advertisement
ކ. މާލެ
|
10 މާރޗް 2020 | އަންގާރަ 22:29
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ރައީސް ސޯލިހު
ކޮވިޑް-19: ގައުމުގެ މިހާރު ހާލަތާބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވައިފި
ސަރުކާރުގެ ޚަރަދުތައް ވަރަށް ބޮޑަށް ކުޑަ ކުރަންޖެހޭ
ސަރުކާރުގެ ހުރިހާ ވުޒާރާތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ
ތެދު މައުލޫމާތު ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަށް ވަނީ އެދިފައި

ކޮވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން ސަރުކާރުގެ ވުޒާރާތަކުން މިހާރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި، ޤައުމުގެ މިހާރުގެ ޙާލަތާބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވައިފިއެވެ.

އަންގާރަ ދުވަހު ވަޒީރުންގެ މަޖިލީހުގެ ޖަލްސާ ފަށްޓަވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 އަށް ޕޮޒިޓިވް 6 މީހަކު ރާއްޖެއިން ފެނުމާ ގުޅިގެން، މިހާރުން މިހާރަށް އިތުރަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މި ބަލި ކޮންޓްރޯލް ކުރެއްވުމަށްޓަކައި ޙާލަތައް ބައްލަވާ، އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅއްވަމުން ގެންދަވާނެ ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

Advertisement

ރައީސް ޞާލިޙުގެ ވާހަކަފުޅުގައި، މިއީ، ވީހާވެސް ތެދު މަޢުލޫމާތު ރައްޔިތުންނަށް އޮޅުންފިލުވައިދީ، ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފެދޭ ގޮތަކަށް ކަންކަން ދިޔަ ނުދިނުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ވަގުތު ކަމަށް ވެސް ވިދާޅުވިއެވެ.

މިޖަލްސާގައި، ކޮވިޑް-19 އާ ގުޅިގެން މިހާރު ޔެލޯ އެލަރޓް ނެރެފައިވުމާއެކު، ސަރުކާރުގެ ޚަރަދުތައް ވީހާވެސް ބޮޑަށް ކުޑަކުރެއްވުމުގެ މުހިއްމު ކަމުގެ މައްޗަށާއި، ހުރިހާ އިދާރާއަކުންވެސް ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ފިޔަވައި އެހެން ޚަރަދުތައް މިވަގުތު ނުކުރެއްވުމަށް ބާރު އަޅުއްވައި މެންބަރުން ވާހަކަފުޅު ދެއްކެވިއެވެ. ހަމައެއާއެކު، ސަރުކާރުގެ ހުރިހާ ވުޒާރާތައް ގުޅިގެން މަސައްކަތްކޮށް އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް ޚާއްސަ ސަމާލުކަމެއް ދިނުމުގެ މުހިއްމު ކަމުގެ މައްޗަށްވެސް މެންބަރުން ބައްލަވާލެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް