Advertisement
ކ. މާލެ
|
10 މާރޗް 2020 | އަންގާރަ 19:56
ރާއްޖެއިން ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ޑްރިލްއެއްގެ ތެރެއިން
ރާއްޖެއިން ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ޑްރިލްއެއްގެ ތެރެއިން
ސަން އޮންލައިން
ކޮވިޑް-19
ކޮވިޑް-19: ކުރަމަތި ރިސޯޓުގެ ދިވެހި މުވައްޒަފަކު ވައިރަސްއަށް ޓެސްޓްކުރަނީ
ރަށަށް އެރުމާއި ފޭބުން ވަނީ މަނާކޮށްފައި
މިހާތަނަށް ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި
ވިލަމެންދޫ، ކުރެއްދޫ، ސޭންޑީޒް ބަތަލާ އަދި ކުރަމަތި ރިސޯޓް އޮތީ ލޮކްޑައުން ގައި

އއ. އަތޮޅުގައި ހިންގަމުން އަންނަ ކުރަމަތި އައިލެންޑް ރިސޯޓުއި މަސައްކަތްކުރާ ދިވެއްސެއް ކަރަންޓީނު ފެސިލީޓީއަސް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަަކާ ''ކޮންޓެކްޓް'' ވުމުގެ ސަބަބުން ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި އެ ރިސޯޓުގައި މަސައްކަތްކުރާ ދިވެއްސެއް ކަރަންޓީނު ފެސިލިޓީއަކަށް ގެންގޮސް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ރިސޯޓުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފަކު ވައިރަސްއަށް ޓެސްޓްކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ރަށަށް އެރުމާއި ފޭބުންވެސް ވަނީ ވަގުތީ ގޮތުން މަނާކޮށްފައެވެ.

Advertisement

ރާއްޖެއިން މިހާތަނަށް 6 މީހަކު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ. އެ އެންމެންނަކީވެސް ބިދޭސީންނެވެ. އެ މީހުންނަށް ފަރުކޮޅުފުށީގައި ކަރަންޓީނުކޮށް ފަރުވާދެމުންދާ ކަމަށާއި، އެ މީހުން ޙާލު ރަނގަޅު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް