ކ. މާލެ
|
10 މާރޗް 2020 | އަންގާރަ 19:17
1700 ހައުސިން ޔުނިޓްގެ ބިންގާ އަޅަނީ
1700 ހައުސިން ޔުނިޓްގެ ބިންގާ އަޅަނީ
ހައުސިންގް މިނިސްޓްރީ
ބޯހިޔާވަހިކަން
1700 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި
ބިންގާ އަޅުއްވައިދެއްވީ ޕްލޭނިން މިނިސްޓަރު އަސްލަމްއާއި ހައުސިން މިނިސްޓަރު
މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މޭމަހު
11 ޓަވަރުގެ 15 އަދި 16 ބުރީގެ އިމާރާތްތަކެއް އެޅުމަށް ނިންމާފައިވޭ

ހުޅުމާލޭގައި އަޅާ 1،700 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފިއެވެ.

އަންގާރަ ދުވަހު މެންދުރު ހުޅުމާލޭ ''ފޭސް 2'' ގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހައުސިން ޔުނިޓުގެ ބިންގާ އަޅުއްވައިދެއްވީ ހައުސިން މިނިސްޓަރު އާމިނަތު އާތިފާއާ ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމެވެ. ''ފަސްޓް ޓައިމް ހޯމް ބަޔަރސް'' އަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ކުރިޔަށް ގެންދާ މި މަޝްރޫޢުގެ ދަށުން ހައުސިން ޔުނިޓުގައި 11 ޓަވަރުގެ 15 އަދި 16 ބުރީގެ ޢިމާރާތްތަކެއް އެޅުމަށް ނިންމާފައިވެއެވެ. މިއީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1020 އެޕަރޓްމެންޓާއި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 680 އެޕަރޓްމެންޓެވެ.

ޗައިނާގެ ސައިނޯހައިޑްރޯ ހައުސިން ޕްރޮޖެކްޓާ ގުޅިގެން ކުރިޔަށްގެންދާ މި މަޝްރޫޢުގެ ގާތްގަނޑަކަށް 133،237،00 (ސަތޭކަ ތިރީސް ތިން މިލިއަން ދެލައްކަ ތިރީސް ހަތްހާސް ރުފިޔާ) ޚަރަދުވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. އަދި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ދެ އަހަރު ތެރޭގައި ނިންމާލެެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ސައިނޯހައިޑްރޯ ކޮންސްޓްރަކްޝަން ކުންފުންޏަކީ ޢިމާރާތްކުރުމުގެ ދާއިރާގައި ޗައިނާގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. އެ ކުންފުނިން ވަނީ މީގެ ކުރިން ދުނިޔޭގެ 55 ޤައުމެއްގައި އެކި ކަހަލަ މަޝްރޫޢުތައް ހިންގާފައެވެ.

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ރިޔާސީ ވަޢުދުފުޅަކަށްވާއިރު، މި އަހަރުގެ ތެރޭގައި މާލެއަށް ޚާއްޞަކޮށްގެން 4000 ހައުސިން ޔުނިޓުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ދާދި ފަހުން ރައީސް ވަނީ އިޢުލާން ކުރައްވާފައެވެ.

- ކޮމެންޓް