Advertisement
ކ. މާލެ
|
10 މާރޗް 2020 | އަންގާރަ 14:34
އެމްޑަބްލިޔުއެސްސީގެ މޯބައިލް އެޕް ބޭނުންކުރަނީ
އެމްޑަބްލިޔުއެސްސީގެ މޯބައިލް އެޕް ބޭނުންކުރަނީ
އެމްޑަބްލިޔުއެސްސީ
ކޮވިޑް-19
ކޮވިޑް-19: އެމްޑަބްލިޔުއެސްސީގެ އޮންލައިންގެ ޚިދުމަތްތައް ބޭނުންކުރުމަށް އިލްތިމާސްކޮށްފި
ކައުންޓަރަށް ވަޑައިގަތުމުގެބަދަލުގައި، މޯބައިލް އެޕް އަދި އޮންލައިން ޚިދުމަތުގެ ބޭނުން ހިފުމަށް މިކުންފުނިން ކަސްޓަމަރުންނަށް އިލްތިމާސްކުރޭ

ކޮވިޑް-19 އާއި ގުޅިގެން އެމްޑަބްލިޔުއެސްސީގެ އޮންލައިންގެ ޚިދުމަތްތައް ބޭނުންކުރުމަށް އެކުންފުނިން އިލްތިމާސްކޮށްފި އެވެ.

އެކަމާއި ގުޅިގެން އެމްޑަބްލިޔުއެސްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކަސްޓަމަރ ސަރވިސް ކައުންޓަރަށް ވަޑައިގަތުމުގެބަދަލުގައި، މޯބައިލް އެޕް އަދި އޮންލައިން ޚިދުމަތުގެ ބޭނުން ހިފުމަށް މިކުންފުނިން ކަސްޓަމަރުންނަށް އިލްތިމާސްކުރާ ކަމަށެވެ.

އެމް.ޑަބްލިޔު.އެސް.ސީ ގެ އެޕް މެދުވެރިކޮށް ކޮންމެ މަހެއްގެ ފެން ބިލަށް އަރާ އަދަދު ބަލާލެވި ކިޔޫގައި މަޑުނުކޮށް ކޮންމެވަގުތެއްގައި ކޮންމެ ތަނެއްގައި ހުރެގެންވެސް ބިލަށް ފައިސާ ދައްކާލެވޭނެއެވެ. ހަމައެއާއެކު، އޮންލައިން ޚިދުމަތުގެ ޒަރިއްޔާއިން ފެނާއި ނަރުދަމާގެ ޚިދުމަތްތަކަށް އެދި ފޯމް ހުށަހެޅުމާއި ގޭގައިތިބެގެން ޚިދުމަތުގެ ސްޓޭޓަސް ބަލާލެވޭނެއެވެ.

Advertisement

މީގެ އިތުރުން، ޚިދުމަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ނުވަތަ މައްސަލައެއް ހުށަހަޅަން ބޭނުންވާނަމަ ،24ގަޑިއިރު ގުޅޭ ކަސްޓަމަރ ކެއަރ ސެންޓަރަށް (105) އަށް ގުޅުމަށްވެސް އެކުންފުނިން ވަނީ އެދިފަ އެވެ.

އެހެންކަމުން މިދަނޑިވަޅު ކުންފުނީގެ އޮންލައިން ވަސީލަތްތައް ބޭނުންކޮށް ރައްކާތެރިވުމަށް އެމްޑަބްލިއުއެސްސީ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް