Advertisement
ކ. މާލެ
|
10 މާރޗް 2020 | އަންގާރަ 12:47
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކައުންސިލް އިންތިހާބުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
އެބިލް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެމްބަރުންގެ ވޯޓުން

ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ދިރާސާކުރަމުންދިޔަ މުޅި މަޖިލީހުގެ ކޮމިޓީން އެބިލް ފާސްކޮށްފި އެވެ.

އެބިލް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެމްބަރުންގެ ވޯޓުންނެވެ. މިބިލް ދިރާސާކުރި ކޮމިޓީން ފާސްކޮށްފައިވަނީ މިބިލަށް ހޯރަފުށި ދާއިރާގެ މެމްބަރ އަހުމަދު ސަލީމް ހުށަހެޅުއްވި އިސްލާހާއެއްގޮތަށެވެ. އެއީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 56 ވަނަ މާއްދާގެ ހ ގައި ބަޔާންކޮށްފައިވާ ގޮތަށް އޮންނަ ވޯޓުތަކުގެ އިތުރުން އެ ކައުންސިލަކަށް އެއިދާރީ ދާއިރާއަކުން ނުވަތަ މަގާމަކުން އިންތިޚާބު ކުރަންޖެހޭ ޢަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓަކީ ބާޠިލު ވޯޓެއް ކަމަށެވެ.

Advertisement

މިބިލް ހުށަހެޅުއްވި މެމްބަރ އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 56 ވަނަ މާއްދާގެ ހ ގައި ބަޔާންކޮށްފައިވާ ގޮތަށް އޮންނަ ވޯޓުތަކުގެ އިތުރުން އެ ކައުންސިލަކަށް އެއިދާރީ ދާއިރާއަކުން ނުވަތަ އެ ރަށަކުން ނުވަތަ އެ އަވަށަކުން އިންތިޚާބު ކުރަންޖެހޭ ޢަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓަކީ ބާޠިލު ވޯޓެކެވެ.

މިބިލް މިއަދުގެ ޖަލްސާއިން ފާސްކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް ތަސްދީގުކުރެއްވުމަށް ފޮނުވާނެކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް