Advertisement
ކ. މާލެ
|
9 މާރޗް 2020 | ހޯމަ 19:54
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ދަނީ ދަތުރުފަތުރުގެ ސަމާލުތަކެއް ނެރެމުން
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ދަނީ ދަތުރުފަތުރުގެ ސަމާލުތަކެއް ނެރެމުން
ޓްވިޓަރ
ކޮވިޑް-19
ކޮވިޑް-19: ފާއިތުވި 14 ދުވަސްތެރޭ ބަނގްލަދޭޝްއަށް ދިޔަ މީހުންވެސް ރާއްޖެއައުން މަނާ ކުރަނީ
މަނާ ކުރެވިފައިވަނީ މިހިނގާ މާރޗު މަހުގެ 10 އިން ފެށިގެން 24 ގެ ނިޔަލަށް
ފާއިތުވި 14 ދުވަސްތެރޭ އެހެން ޤައުމެއްގައި ދިރިއުޅެފައިވާ މީހުން އޭގެން އިސްތިސްނާވާނެ
މި ލިސްޓުގައި ޗައިނާ، އީރާން، އަދި އިޓަލީގެ އިތުރުން ސައުތު ކޮރެއާގެ 2 ސަރަޙައްދު ހިމެނޭ

ފާއިތުވެދިޔަ 14 ދުވަހުގެތެރޭގައި ބަނގްލަދޭޝަށް ދަތުރުކޮށްފައިވާ މީހުން، ރާއްޖެއައުން މަނާކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ހޯމަ ދުވަހު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ފާއިތުވެދިޔަ 14 ދުވަހުގެތެރޭގައި ބަނގްލަދޭޝަށް ދިޔަ މީހުން ރާއްޖެއައުމާއި، ޓްރާންސިޓް ކުރުން މިހިނގާ މާރޗު މަހުގެ 10 އިން ފެށިގެން 24 ގެ ނިޔަލަށް މަނާކޮށްފައިވާކަމަށެވެ.

Advertisement

ނަމަވެސް ބަނގްލަދޭޝް ރައްޔިތުންގެ ތެރެއިން އެހެން ޤައުމެއްގައި ދިރިއުޅޭ މީހުން ނުވަތަ ފާއިތުވި 14 ދުވަހުގެތެރޭގައި އެހެން ޤައުމެއްގައި ދިރިއުޅެފައިވާ މީހުން އޭގެން އިސްތިސްނާވާނެ ކަމަށް އިމިގްރޭޝަން އޮފީހުން ނެރުނު ދަތުރުފަތުރުގެ ސަމާލު (ޓްރެވަލް އެޑްވައިސަރީ) ގައި ވަނީ ބުނެފައެވެ.

ބަނގްލަދޭޝްގެ އިތުރުން މި ލިސްޓުގައި ޗައިނާ، އީރާން، އަދި އިޓަލީގެ އިތުރުން ސައުތު ކޮރެއާގެ ޖިއޮންގސަންގ އާއި ޖިއޮންގނަމް ޕްރޮވިންސްވެސް ވަނީ ހިމެނިފައެވެ.

ޤައުމުތަކަށް ރާއްޖެއިން ދަތުރުފަތުރުގެ ސަމާލު ނެރިފައިވާ ތާރީޚުތައް

  • ޗައިނާ: 4 ފެބްރުއަރީން ފެށިގެން
  • އީރާން: 26 ފެބްރުއަރީން ފެށިގެން
  • ސައުތް ކޮރެއާގެ 2 ޕްރޮވިންސް: 3 މާރޗުން ފެށިގެން
  • އިޓަލީ: 8 މާރޗުން ފެށިގެން
  • ބަނގްލަދޭޝް: 10 މާރޗުން ފެށިގެން
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް