Advertisement
ކ. މާލެ
|
9 މާރޗް 2020 | ހޯމަ 19:46
ގައުމީ ދާރުލްއާސާރު
ގައުމީ ދާރުލްއާސާރު
ޓްވިޓަރ
ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު
ގައުމީ ދާރުލްއާސާރާއި، އުތީމު ގަނޑުވަރު އަދި ހުވަދޫ ސަރަޙައްދީ ދާރުލްއާސާރުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފި
ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެއް
މިއީ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ތަންތަން
ރާއްޖެއިން ވަނީ 04 ކޭސްއެއް ފެނިފައި

ޤައުމީ ދާރުލްއާސާރާއި ހއ. އުތީމު ގަނޑުވަރާއި ހުވަދޫ ޞަރަޙައްދީ ދާރުލްއާސާރުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ޘަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނީ ޤައުމީ ދާރުލްއާސާރާއި، އުތީމު ގަނޑުވަރާއި، ހުވަދޫ ޞަރަޙައްދީ ދާރުލްއާސާރުގެ ޚިދުމަތް މެދުކަނޑާލީ ރައްކާތެރިކުރުމުގެ ގޮތުން ކަމަށެވެ. އެގޮތުން މިމަހުގެ 09 ވަނަ ދުވަހުން ފެށިގެން މާރިޗު 9 ން ފެށިގެން ވަގުތީ ގޮތުން ޚިދުމަތް މެދުކަނޑާލާފައިވާ ކަމަށެވެ.

Advertisement

ޤައުމީ ދާރުލްއާސާރާއި އުތީމު ގަނޑުވަރާއި ހުވަދޫ ޞަރަޙައްދީ ދާރުލްއާސާރަކީ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ތަންތަނެވެ. އަދި މިކަމާގުޅިގެން ދިމާވެދާނެ ދަތިތަކަށް އެމަރުކަޒުންވަނީ މަޢާފަށް އެދިފައެވެ.

ރާއްޖެއިން ކޮވިޑް19ގެ 4 ކޭސް ފެނިފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް