Advertisement
ކ. މާލެ
|
9 މާރޗް 2020 | ހޯމަ 19:50
ކަސްޓަމްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަަލުވުގައި ބައިވެރިވި ބައެއް ވިޔަފާރިވެރިން
ކަސްޓަމްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަަލުވުގައި ބައިވެރިވި ބައެއް ވިޔަފާރިވެރިން
ރާއްޖެއެމްވީ
ކޮވިޑް-19
ކޮވިޑް-19: ބޭނުންވާ ވަރަށް ކާބޯތަކެތީގެ ސްޓޮކް އެބަހުރިކަމަށް ވިޔަފާރިވެރިން ބުނެފި
ކާބޯތަކެތި ލިބޭނެ ކަމުގެ ޔަގީންކަން ސަޕްލަޔަރުން ވަނީ ދީފައި: ވިޔަފާރިވެރިން
ގިނަ އެއްޗެހި ސްޓޮކް ނުކުރުމަށް ވިޔަފާރިންވެރުން އެދުން

ރާއްޖޭގެ ރައްޔިތުންނަށް އެކަށީގެންވާ ވަރަށް ކާބޯތަކެތި ރައްކާތެރި ކުރެވިފައި އެބަހުރި ކަމަށާއި، އެއްވެސް ވަރަކަށް ކާބޯތަކެތީ ލިބުމުގައި ދަތިތަކެއް ދިމާނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވިޔަފާރިވެރިން ދީފިއެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާއެކު އެ ރޯގާ އިތުރަށް ފެތުރިދާނެ ކަމުގެ ބިރުގައި ގިނަ ބަޔަކު ދަނީ ގޭގެއަށް ކާބޯތަކެތި ޖަމާކުރަމުންނެވެ. އެގޮތަށް ގިނަ ޢަދަދެއްގެ ކާބޯތަކެތި ޖަމާނުުކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓިއޯ) އިންވަނީ އިލްތިމާސްކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީއާއި، އެސްޓިއޯ އަދި ކާބޯތަކެތި ރާއްޖެ އެތެރެކުރާ ފަރާތްތަކާއި ގުޅިގެން ހޯމަ ދުވަހު ވަނީ ކަސްޓަމްސް ބިލްޑިންގް ގައި ޕްރެސްކޮންފަރެންސެއް ބާއްވާފައެެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ، އެ ބައްދަލުވުމަކީ ވިޔަފާރިވެރިން އެދިގެން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

ރާއްޖޭގައި ފުޅާދާއިރާއެއްގައި ކާބޯތަކެތި އެތެރެކުރަމުން އަންނަ ހެޕީ މާކެޓްގެ އިސްފަރާތަކުން ބުނީ، މާކެޓް ޑިމާންޑާ އެއްވަރަށް މި ވަގުތު ސްޓޮކް އެބަހުރި ކަމަށެވެ. ޢާންމު ގޮތެއްގައި ރަމަޟާން މަހަކީ ގިނަ ޢަދަދެއްގެ ކާބޯތަކެތި ރާއްޖެއަށް ބޭނުންވާ ދުވަސްވަރެއްކަން ފާހަގަކުރަމުން ހެޕީ މާކެޓުން ބުނީ، ކުރިޔަށް އަށް އޮތް ތަނުގައި ބޭނުންވާ ކާބޯތަކެއްޗަށް އިތުރު އޯޑަރުތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި އެއްވެސް ދަތިކަމެއްނެތި މިހާރު އޯޑަރު ދީފައިހުރި ތަކެތި ރާއްޖެ އަންނާނެ ކަމުގެ ޔަޤީންކަން ބޭރުގެ ސަޕްލަޔަރުން ދީފައިވާ ކަމަށް ހެޕީ މާކެޓުން ބުންޏެވެ.

Advertisement

އެ ކުންފުނިން ވަނީ ކޮވިޑް-19 އާ ގުޅިގެން އެ ކުންފުނިން ކާބޯތަކެތީގެ އަގަށް ބަދަލުތަކެއް ނުގެންނާނެ ކަމުގެ ޔަޤީންކަން ދީފައެވެ.

''އަަޅުގަނޑުމެން އަގު ކޮންޓްރޯލް ކުރާނަން. ސްޓޮކް ކޮންޓްރޯލް ކުރާނަން.''

ރާއްޖޭގައި ފުޅާދާއިރާއެއްގައި ތަރުކާރީގެ ބާވާތްތައް ވިއްކަމުން އަންނަ މަޑިހާ ކުންފުނިންވެސް ވަނީ ވިއްކާމުންދާ ބާވަތްތަަކުގެ ސްޓޮކް ހުންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދީފައެވެ.

އަޅުގަނޑުމެންނަށް އެބަ އޯޑަރުތައް ކުރެވޭ ހަމަ މިގޮތަށް ސްޓޮކް މޫވްމެންޓު ކުރިޔަށް އެބަދޭ އެހެންވީމާ ކާބޯތަކެތި އައިޓަމް، ހާއްސަކޮށް ވެޖްޓަބަލް ފުރުޓްސް ލިބުމުގައި ދަތި ނުވާނުވެ، ބޭރުންވެސް، ސަޕްލައިރރުންގެ ފަރާތުންވެސް ބޮޑު އުދަގުލެއް ދިމާކަމުގައި ނުވަންޏާ އަޅުގަނޑުމެންގެ ފަރާތުންވެސް މިހާރެކޭ އެއްގޮތަށް ލިބިގެންދާނެ
މަޑިހާ ކޮމްޕެނީ

ޔުނައިޓެޑް ފުޑް ސަޕްލައިސްގެ ފަރާތުން ވާހަކަ ދެއްކި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ) ގެ އެފްއައިޔޫގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރް ވިދާޅުވީ، އެ ކުންފުންޏަށް ބޭނުންވާ 'އެއްޗެހި ސަޕްލައި ފޯރުކޮށްދޭ ފަރާތަކުން ދަތިތަކެއް އުޅޭ ކަމަށް އަންގާފައިނުވާ ކަމަށެވެ.

ކޮވިޑް-19 ގެ މައްސަލާގައި ބައެއް ވިޔަފާރިންވެެރިން އަގުބޮޑުކޮށް އެއްޗެހި ވިއްކާ މައްސަލަ ވަނީ ފެންމަތިވެފައެވެ. އެކަމާއި ގުޅުވައި ނޫސްވެރިން ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ، ބޮޑު އަގުގައި އެއްޗެހި ވިއްކަމުންދާ ކަމުގެ ރިޕޯޓް ޝޯޝަލް މީޑިއާގައި ލިބެމުންދާ ކަމަށެވެ. ވިޔަފާރިވެރިން ބޭނުން އަގެއްގައި އެއްޗެހި ވިއްކުމަކީ މަނާކަމެއް ނޫންކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވީ، އޭގެ ނާޒާއިޒު ފައިދާނަގަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެއަކީ ހުރިހާ ފަރާތަކުން ނޫންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް