Advertisement
ކ. މާލެ
|
9 މާރޗް 2020 | ހޯމަ 16:12
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން އެމްޑީޕީން ބޭއްވި ހަރަކާތުގެ ތެރެއިން
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން އެމްޑީޕީން ބޭއްވި ހަރަކާތުގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
އެމްޑިޕީ
ކޮވިޑް 19 އަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމާއެކު އެމްޑީޕީގެ “ރަށްވެހި ފަތިސް” ކެމްޕެއިން ކުރިޔަށް ގެންދަނީ
ކޯވިޑް-19 އާއި ގުޅޭގޮތުން ޢާންމުކުރާ މަޢުލޫމާތާއި، ޚަބަރު އެމްޑީޕީގެ ކެންޕޭނު ޓީމުތަކުން ޢާންމުންނާ ޙިއްސާކުރަމުން ދާނެ
ދިވެހިރާއްޖެއިން ކޯވިޑް-19 ފެނިފައިވާތީ ބައްޔަށް މަގުފަހިވާ ބާވަތުގެ ކެންޕޭނުގެ އެއްވެސް ޙަރަކާތެއް ޕާޓީން ނުހިންގާނެ
ކެމްޕެއިން ހަރަކާތް ސޯޝަލް މީޑިއާގައި ކުރިޔަށް ގެންދިޔުމަށް އެމްޑީޕީން ވަނީ ނިންމާފައި

އެމްޑީޕީގެ “ރަށްވެހި ފަތިސް” ކެމްޕެއިން ކޮވިޑް-19 އަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމާއި އެކުގައި ކުރިއަށްގެންދިއުމަށް މައި ކެމްޕެއިން ޓީމުން ނިންމައިފިއެވެ.

މިކަމާއި ގުޅިގެން ހޯމަ ދުވަހު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީއަކީ، 93000 އަށްވުރެ ގިނަ މެންބަރުން ތިބި، ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީކަމުގައިވާތީ، ރާއްޖޭގެ ކޮންމެ މީހުން ދިރިއުޅޭ ރަށަކާއި ގުޅިފައިވާ ވިއުގަ މެދުވެރިކޮށް ކެންޕެއިން މެސެޖުތަކާއެކު، ކޮވިޑް-19 އިން ސަލާމަތްވުމުގެ މައްޗަށް ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށެވެ،

Advertisement

އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާއި، ހެލްތު މިނިސްޓްރީ އަދި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ކޯވިޑް-19 އާއި ގުޅޭގޮތުން ޢާންމުކުރާ މަޢުލޫމާތާއި، ޚަބަރު އެމްޑީޕީގެ ކެންޕޭނު ޓީމުތަކުން ޢާންމުންނާ ޙިއްސާކުރަމުންދާނެކަމަށެވެ.

ދިވެހިރާއްޖެއިން ކޯވިޑް-19 ފެނިފައިވާތީ ބައްޔަށް މަގުފަހިވާ ބާވަތުގެ ކެންޕޭނުގެ އެއްވެސް ޙަރަކާތެއް ނުހިންގުމަށާއި، ސޯޝަލް މީޑިއާ އަދި މުއާޞަލާތީ ވަޞީލަތްތައް މެދުވެރިކޮށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެންޕޭނު ޙަރަކާތްތައް ކުރިއަށްގެންދިއުމަށް އެމްޑީޕީން ނިންމާފައިވަނީ ނިމިދިޔަ ހޮނިހިރު ދުވަހުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް