Advertisement
ކ. މާލެ
|
8 މާރޗް 2020 | އާދީއްތަ 18:15
ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު
ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު
ފިޝަރީސް މިނިސްޓްރީ
ފިޝަރީޒް މިނިސްޓްރީ
ފިޝަރީޒް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމާއި ޚިލާފުވުމުން ދެ ފަރާތަކަށް ނޯޓިސްދީފި
30 ދުވަހުގެ ނޯޓިސްއެއް ދީފައިވޭ

ފިޝަރީޒް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމާއި ޚިލާފުވުމުން ދެ ފަރާތަކަށް ނޯޓިސްދީފިއެވެ.

ކަޅުބިލަމަހުގެ ސިނާޢަތު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަނެ، ޕްރޮސެސްކޮށް، އެކްސްޕޯޓްކުރުމަށް ފިޝަރީޒް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން 2 ފަރާތަކަށް "އެއްބަސްވުމާއި ޚިލާފުވުމުގެ ނޯޓިސް" ދީފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

Advertisement

ފިޝަރީޒް މިނިސްޓްރީން ބުނީ އެއްބަސްވުމާއި ޚިލާފުވުމުގެ ނޯޓިސް ދީފައިވާ 2 ފަރާތަކީ، އުތުރުގައި (ހއ. އަތޮޅުން ފެށިގެން ކ. އަތޮޅު ހިމެނޭ ޞަރަޙައްދު) މަސް ގަތުމުގައި ޙަރަކާތްތެރިވާން ޖެހޭ އައިލެންޑް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި އިކޯ ފިޝަރީޒް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑެވެ. މި ދެ ފަރާތަށް ވެސް އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރުމަށްޓަކައި، 30 ދުވަހުގެ ނޯޓިސް ދީ އެ މުއްދަތުގެ ތެރޭގައި ވާރކް ޕްލޭންގައިވާ ކަންކަން ފުރިހަމަ ކުރުމަށް އަންގާފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް