Advertisement
ކ. މާލެ
|
8 މާރޗް 2020 | އާދީއްތަ 15:22
ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު
ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު
ރައީސް އޮފީސް
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް
ދުނިޔެ ކުރިއަރާދާނީ ބާރުވެރި އަންހެނުން ތިބެގެން: ރައީސް
އަންހެނުންގެ ކުރިއެރުމަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް މަސައްކަތް ކުރެއްވުމުގައި ދެމިހުންނަވާނަން: ރައީސް
އަންހެނުންނާއި މެދު ކުރެވޭ ތަފާތު ކުރުންތައް ނައްތާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި
އަންހެނުންގެ ދުވަސް ފާހަގަ ކުރަމުންދަނީ އިންސާނިއްޔަތަށް އަންހެނުން ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަން ކުރުމަށް: ރައީސް

ދުނިޔެ ކުރިއަރާދާނީ ބާރުވެރި އަންހެނުން ތިބެގެން ކަމަށް ވިދާޅުވެ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ތަހުނިއްޔާ ފޮނުއްވައިފިއެވެ.

Advertisement

ދުވަހުގެ ތަހުނިޔާ ޓުވިޓަރގައި އަރިސްކުރައްވަމުން ރައީސް ވިދާޅުވީ އަންހެނުންގެ ދުވަސް ފާހަގަ ކުރަމުންދަނީ އިންސާނިއްޔަތަށް އަންހެނުން ކޮށްދީފައިވާ ގިނަ ޚިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.

އެގޮތުން ދުނިޔެ ކުރިއަރާދާނީ ބާރުވެރި އަންހެނުން ތިބެގެން ކަމަށް ގަބޫލުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަންހެނުންނާއި މެދު ކުރެވޭ ތަފާތު ކުރުންތަކާއި އަންހެނުންގެ ކުރިއެރުމަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް މަސައްކަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

އަންހެނުން ބާރުވެރިކުރުވުމަކީ މި ސަރުކާރުގެ މުހިންމު އެއް ސިޔާސަތެވެ. އެގޮތުން ވިޔަފާރީގެ ދާއިރާއަށް ވަންނަން ބޭނުންވާ އަންހެނުންނަށް އެސްއެމްއީ ބޭންކް މެދުވެރިކޮށް ލޯނު ލިބޭނެ މަގުފަހި ކޮށްދީފައިވެއެވެ. އޭގެ އިތުރުން ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހާއެކު ކައުންސިލްތަކުގެ 33 އިންސައްތަ ވަނީ އަންހެނުންނަށް ހާއްސަ ކުރެވިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް