Advertisement
ކ. މާލެ
|
8 މާރޗް 2020 | އާދީއްތަ 07:04
އަންހެން ސިފައިން ބައިވެރިވާ މި ދުވުން ކެންސަލްކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެން
އަންހެން ސިފައިން ބައިވެރިވާ މި ދުވުން ކެންސަލްކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެން
ޝުއައިބް މުހައްމަދު އިގްބާލް
ކޮވިޑް-19
އަންހެނުންގެ ދުވަހަށް ޚާއްސަކޮށް އެމްއެންޑީއެފުން ރޭވި ވިމެންސް ރަން ކެންސަލް
މާލޭ ސިޓީ ރިންގ ރޯޑުގައި ދުވުން ފެށުމަށް ކުރިން ހަމަޖެހިފައިވޭ
ދުވުން ކެންސަލް ކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެން
ވައިރަސް ފެތުރިއްޖެ ޙާލަތެއްގައި އާންމުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދު ކުރަންޖެހޭ

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން ރާވާފައިވާ "ވިމެންސް ރަން" ކެންސަލްކޮށްފިއެވެ.

ކޮންމެ އަހަރެއްގެ މާޗު މަހުގެ 8 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހަށްވާއިރު، މި ދުވަހާ ގުޅިގެން އެމްއެންޑީއެފުން ވަނީ އަންހެން ސިފައިން ބައިވެރިވާ ޚާއްސަ ދުވުމެއް މާލޭ ސިޓީ ރިންގ ރޯޑުގައި ބޭއްވުމަށް ހަމަޖައްސާފައެވެ. އެގޮތުން އާދިއްދަ ދުވަހުގެ ހެނދުނު 6:00 ގައި ދުވުން ފެށުމަށް ހަމަޖެހިފައިވީނަމަވެސް އެމްއެންޑީއެފުން ވަނީ ކުއްލިގޮތަކަށް މި ހަރަކާތް ކެންސަލް ކޮށްފައެވެ.

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ދުވުން ކެންސަލް ކޮށްފައިވަނީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ރާއްޖެއިން ދެ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ކަމަށެވެ.

Advertisement

އެމްއެންޑީއެފުން އެހެން ބުނެފައިވާއިރު، ކޮވިޑް-19 އާ ގުޅިގެން އެކުލަވާލާފައިވާ އެސްއޯޕީތަކުގައި ވައިރަސް ފެތުރިއްޖެ ޙާލަތެއްގައި އާންމުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދު ކުރުމާއި، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް މެނުވީ ނުކުރުން ފަދަ ކަންކަން ހިމެނިފައިވެއެވެ.

ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވަނީ ޅ. ކުރެއްދޫ ރިސޯޓުގެ ދެ މުވައްޒަފުންނެވެ. އެގޮތުން ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ދެ ބިދޭސީން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް