Advertisement
ކ. މާލެ
|
7 މާރޗް 2020 | ހޮނިހިރު 17:39
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބްރޫނާއީގެ ރަސްގެފާނާއި ބައްދަލު ކުރައްވަނީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓަރ
މިނިސްޓަރ ޝާހިދު ބްރޫނާއީގެ ރަސްގެފާނާއި ބައްދަލުކުރައްވައިފި
ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވި
ބްރޫނާއި ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ ސްކޮލަރޝިޕްތަކަށް ޝުކުރު އަދާކުރެއް
ބައިނަލްއަޤްވާމީ ދާއިރާ ތަކުގައި ދެގައުމުގުޅިގެން މަސައްކަތް ކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި

މިނިސްޓަރ އަބްދުﷲ ޝާހިދު ބްރޫނާއި ދާރުއްސަލާމަށް މިހަރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ރަސްގެފާނު ސުލްތާން ހާޖީ ހަސަނުލް ބޮލިއާ މުއިއްޒައްދީން ވައްދައުލާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ރަސްގެފާނަށާއި ބްރޫނާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ދިވެހި ސަރުކަރާއި ރައްޔިތުންގެ ނަމުގައި ހެޔޮއެދުންތައް ރައްދު ކުރައްވާފައެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ރާއްޖެ އާއި ބްރޫނާއީ އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

Advertisement

ބްރޫނާއި ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ ސްކޮލަރޝިޕްތަކަށް ޝުކުރު އަދާކުރައްވާ އެ ސްކޮލަރޝިޕްތަކުގެ ސަބަބުން ރާއްޖެއަށް ލިބެމުންދާ ކުރިއެރުން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ބައިނަލްއަޤްވާމީ ވަރަށް ގިނަ މައްސަލަ ތަކުގައި ރާއްޖެ އާއި ބްރޫނާއި ވިސްނުން އެއްގޮތަކަށް ފާހަގަ ކުރައްވައި މިކަމުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެކަން މިނިސްޓަރ ޝާހިދު ފާހަގަ ކުރެއްވިއެވެ. އަދި އޯއައިސީގެ މެންބަރު ގައުމު ތަކާއި އެކު އޮންނަ ސިޔާސީ އަދި އިޤްތިސާދީ ގުޅުން ހަރުދަނާ ކުރުމަށް ދިވެހި ސަރުކާރުން އިސްކަމެއް ދެއްވާކަމަށް ވެސް މިނިސްޓަރ ޝާހިދު ފާހަގަ ކުރެއްވިއެވެ.

އަދި ދެ ގައުމަކީވެސް ކޮމަންވެލްތްގެ މެންބަރު ގައުމުތައް ކަމުން ބައިނަލްއަޤްވާމީ ދާއިރާ ތަކުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރެއްވުމާއި ގުޅޭ ގޮތުންވެސް ރަސްގެފާނާއި އެކު މިނިސްޓަރ ޝާހިދު މަޝްވަރާ ކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް