Advertisement
ކ. މާލެ
|
7 މާރޗް 2020 | ހޮނިހިރު 13:14
ހެލްތް މިނިސްޓަރު އަމީންއާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ހެލްތް މިނިސްޓަރު އަމީންއާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ރާއްޖެއެމްވީ
ޓޫރިޒަމް މިނިސްޓަރު
މިނިސްޓަރު އަލީ ވަހީދުގެ ތައުރީފް މިނިސްޓަރު އަމީންއަށް!
ކޮވިޑް19 އިން ރައްކާތެރިވުމަށް ކުރި މަސައްކަތްތައް ލީޑް ކުރެއްވީ މިނިސްޓަރު އަމީން
މިނިސްޓަރު އަމީންއަށް ފާޑު ވިދާޅުވާ އޯޑިއޯއެއް ލީކުވި
އޯޑިއޯތަކަކީ ސައްހަ އެއްޗެއް ނޫން ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި

ކޮވިޑް19 ނުވަތަ ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ރާއްޖޭގައި އަޅަމުން ގެންދާ ފިޔަވަޅުތައް ފާހަގަކުރައްވާ ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.

Advertisement

ހުކުރު ދުވަހުގެ ރޭ ކޮވިޑް19ގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިއަދާ ހަމައަށް މިބަލިން ސަލާމަތްވުމަށް ކުރި ހުރިހާ މަސައްކަތްތަކާއި ރާއްޖެ މިހިސާބަށް ގެންދިއުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދުގެ ދަށުން މިމަސައްކަތް ލީޑް ކުރެއްވީ މިނިސްޓަރު އަމީން ކަމަށެވެ.

މިސާލަކަށް އެކިގައުމުތަކުގެ ހެލްތް މިނިސްޓްރީތަކުގައި މިނިސްޓަރުގެ މަގާމުގައި ކޮންމެތާކު ހުންނަނީ ޑޮކްޓަރެއް ނޫން. މެޑިކަލް ޑޮކްޓަރެއް ނޫން. އަޅުގަނޑު ދެކޭ ގޮތުގައި މަގާމުތަކުގައި ތިއްބަވައިގެން ޕާފޯމަންސް އެބަދައްކަވާ. އަޅުގަނޑު ހަމަ މާތްﷲއަށް ހަމްދުކުރުމުގެ އިތުރުން ޝުކުރުވެރިވަން ދިވެހިރާއްޖޭގެ ވަށައިގެން މިބަލި އައިއިރު ދިވެހިރާއްޖޭގައި ނެގިފައި ހުރި ޑެސިޝަންތަކަކީ ދައުލަތުގެ މުއައްސަސާތައް ގުޅިގެން ހެލްތް މިނިސްޓަރަކަށް އަމީން ހުއްނަވާގެން ކުރެއްވި މަސައްކަތުގެ ނަތީޖާކަން ފާހަގަކުރައްވަން.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

މިނިސްޓަރު އަލީ ވަހީދު މިބީދައިން ވާހަކަ ދައްކަވާފައިމިވަނީ ނިމިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މިނިސްޓަރު އަލީ ވަހީދުކަމަށް ތުހުމަތުކުރެވޭ މީހަކު ވާހަކަ ދައްކާ އޯޑިއޯތަކެއް ލީކްވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ލީކުވި އޯޑިއޯތަކުގެ ތެރެއިން އެއް އޯޑިއޯއެއްގައި މިނިސްޓަރު އަމީންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ހަޑިހުތުރު ބަސް ބޭނުންކޮށްފައިވެއެވެ.

ނަމަވެސް މި އޯޑިއޯތަކާ ގުޅިގެން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާއި، އެއީ އަގުވައްޓާލުމުގެ ނިޔަތުގައި ބަޔަކު ހިންގާ ޖަރީމާއެއް ކަމަށެވެ. އަދި މި މައްސަލަ ތަހުގީގުކޮށްދިނުމަށް މިނިސްޓަރު ވަނީ އޭރު އެދިވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް