Advertisement
ކ. މާލެ
|
7 މާރޗް 2020 | ހޮނިހިރު 08:55
އެމްޑީޕީ ރަށްވެހި ފަތިސް ކެމްޕެއިންގެ ތެރެއިން
އެމްޑީޕީ ރަށްވެހި ފަތިސް ކެމްޕެއިންގެ ތެރެއިން
އެމްޑީޕީ
އެމްޑީޕީގެ އަންހެނުންގެ ރޫހު
އަންހެނުންގެ ރޫހުގެ ކޮންފަރެންސާއި "ރަށްވެހި ފެސްޓިވަލް" ފަށައިފި
މިނިސްޓަރުންވެސް ބައިވެރިވެވަޑައިގެން މައުލޫމާތު ދެއްވާނެ
މި ފެސްޓިވަލްގައި 9 ސްޓޯލްތައް ބެހެއްޓިފައިވޭ
އެމްޑިޕީގެ ސަރުކާރުން ހިންގާ ހުރިހާ ކަންތައްތަކުގެ މައުލޫމާތު ލިބިގެންދާނެ

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހު، "ރަށްވެހި ފަތިސް" ކެމްޕެއިންއާ ގުޅުވާލައިގެން އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ "ރަށްވެހި ފެސްޓިވަލް" ފަށައިފިއެވެ.

ވިލިމާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "އަންހެނުންގެ ރޫހުގެ ކޮންފަރެންސް" 09:00 ޖެހި އިރު ފަށާފައިވާއިރު "ރަށްވެހި ފެސްޓިވަލް" ފަށާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ޖަހާއިރުއެވެ. މި ފެސްޓިވަލްގައި އެމްޑީޕިގެ، އެމްޑީޕީގެ ހާއްސަ ސްޓޯލެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އެޖެންޑާ 19ގެ އެންމެ ފަހުގެ މައުލޫމާތުގެ އިތުރުން، ސަރުކާރުގެ މައުލޫމާތު ދިނުމުގެ އޯޕަން ޑިސްކަޝަންތައް ހިމެނެއެވެ. މީގެ އިތުރުން ހާއްސަ ކުޅިވަރުގެ ހަރަކާތްތަކާއި ހޮނިހިރު ދުވަހުގެ ރޭ ލައިވް މިއުޒިކް ޝޯއެއް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.

މި ފެސްޓީވަލްގައި 9 ސްޓޯލެއް ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، އޭގެތެރޭގައި ޖަޒީރާ ތައުލީމު އެންމެންނަށް ނަމުގައި އެޑިއުކޭޝަން މިނިސްޓްރީން ގާއިމުކުރާ ސްޓޯލްއަކާއި އާސަންދަ އަދި އެންސްޕާގެ ބޭފުޅުން ހިމެނޭގޮތަށް އޯގާތެރި ސަރުކާރާއި ބެހޭ މައުލޫމާތު ދިނުމަށް ސްޓޯލްއަކާއި ސިއްހަތާއި ބެހޭ މައުލޫމާތާއި ވެށި ފަހި މާލެ ހައުސިންގް، ޖަޒީރާ ދިރިއުޅުން، ނޫ އިގްތިސާދުގެ މައުލޫމާތު ދިނުމަށް އިކޮނޮމިކް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީގެ ވަކިވަކި ސްޓޯލް ހިމެނެއެވެ. މީގެ އިތުރުން ވޯޓާ ސްޕޯޓްސް އާއި ކަނަބަލުންގެ އަޑަށް ހާއްސަ ސްޓޯލްތަކެއް ގާއިމްކޮށްފައިވާނެކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.

Advertisement

މި ފެސްޓިވަލް ގައި މަދަނީ ޖަމުއިއްޔާ ތަކުންނާއި ކައުންސިލް ގޮނިޑިތަކަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންނާއި، ޑަބްލިއުޑީސީ އަށް ކުރިމައްލައްވާ ކެންޑިޑޭޓުން ބައިވެރިވާނެ ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.

މި ކެމްޕޭން ހަރަކާތުގައި އަންހެނުންނަށް ކައުންސިލް ތަކުގަ އާއި ކޮމިޓީ ތަކުގައި އަދާކުރެވޭނެ މުހިއްމު ދައުރާއި ރަށަށް ނުވަތަ މުޖްތަމައުއަށް ގެނެވޭނެ ތަރައްޤީ އާއި އަދާކުރެވޭނެ ދައުރުގެ މައްޗަށް ބިނާކޮށް ވަރަށް ގިނަ މައުލޫމާތު ހިއްސާކުރެވިގެންދާނެއެވެ. ފެސްޓިވަލްގައި މައިގަނޑު ގޮތެއްގައި ހިންގަނީ އަންހެނުންގެ ކުރިއެރުމާއި ތަރައްގީއަށް ބޭނުންވާ ތަމްރީންތަކާއި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތުގެ ތަމްރީންތައް ކަމަށެވެ. އަދި ސަރުކާރުން ހިންގަމުންދާ ބޮޑެތި މަޝްރޫއުތަކުގެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ

މި ސްޓޯލްތަކުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި މަޖިލިސް މެންބަރުންނާއި އެކިއެކި ބެފުޅުން މައުލޫމާތު ދެއްވާ އާންމުންނާއި ސުވާލުތަކަށް ޖަވާބުދެއްވާ އެކިއެކި ކަންކަން ސާފުކޮށްދެއްވާނެ ކަމަށް އެމްޑީޕީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް