Advertisement
ކ. މާލެ
|
7 މާރޗް 2020 | ހޮނިހިރު 03:29
ރައީސް ސޯލިހު
ރައީސް ސޯލިހު
ރައީސް އޮފީސް
ކޮވިޑް-19
ކޮވިޑް-19 މައްސަލާގައި ރައީސް ރައްޔިތުންނާ މުހާތަބު ކުރައްވަނީ
ރާއްޖެ އޮތީ ބައްޔަށް ފުރިހަމައަށް ތައްޔާރަށް: އަލީ ވަހީދު
ރައީސް ގެންދަވަނީ ކޮވިޑް-19 ގެ މައުލޫމާތު ވަރަށް ގާތުން ބައްލަވަމުން

ކޮވިޑް-19 އާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް އަވަހަށް ރައްޔިތުންނާ މުހާތަބުކުރައްވާނެކަން ހާމަވެއްޖެއެވެ.

ރައީސް ރައްޔިތުންނާ މުހާތަބު ކުރައްވާނެކަން ހާމަކުރެއްވީ ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ސަރުކާރުގެ ފަރާތުން ހުކުރު ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ.

އެހެން ނަމަވެސް އެއީ ކޮންއިރަކު ކަމެއް މިނިސްޓަރު އަލީ ވަހީދު ވިދާޅެއް ނުވެއެވެ.

Advertisement

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ސަރުކާރުން ތިބީ ވައިރަސް ރާއްޖެ ފެތުރިއްޖެ ހާލަތެއްގައި އެންމެ ''ނުރައްކާވެދާނެ" ހާލަތަކަށް ތައްޔާރުވެގެން ކަމަށެވެ. އަދި ބަލި ރާއްޖެ އަތުވެއްޖެނަަމަ ބައްޔާއި ކުރިމަތިލާ ބައްޔާއެކު އުޅެން ރާއްޖެ ތައްޔާރުވާން ޖެހޭ ކަމަށެވެ. ރައީސް ސޯލިހުގެ ވިސްނުންފުޅަކީ ދިވެހި އިގްތިސާދު ހިންގުމުގެ ވިސްނުންފުޅަކަށްވާއިރު، ސަރުކާރު އޮތީ އެއްވެސް ގޮތަކަށް ފަހަތައް ޖެހޭ ގޮތަކަށް ނޫންކަން މިނިސްޓަރު އަލީ ވަހީދު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މީޑިއާތަކަށް މައުލޫމާތު ދޭން އެއްވެސް ވަރަކަށް ލަސްކުރަން ބޭނުންނުވާ ކަމަށާއި، ބައްޔާއި ބެހޭ ގޮތުން އެއްވެސް ކަމެއް ސަރުކާރުން ނުފޮރުވާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ވަޒީރުން ބޭރަށް ކުރައްވާ ބައެއް ދަތުރުފުޅުތައް މަދުކުރުމަށްވަނީ އަންގާފައެވެ. ކޮވިޑް-19 އާ ބެހޭ ގޮތުން ރައީސް މުހާތަބުކުރައްވުމަށް ހަމަޖެހިފައިވާއިރު، އެމަނިކުފާނު ގެންދަވަނީ އެ ބައްޔާ ބެހޭ ގޮތުން އެންމެ ފަހުގެ މައުލޫމާތުތައް ހޯދައި އޮޅުން ފިލުއްވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް