ކ. މާލެ
|
6 މާރޗް 2020 | ހުކުރު 23:57
ކޯވިޑް-19 އާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް
ކޯވިޑް-19 އާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް
ރާއްޖެއެމްވީ
ކޯވިޑް-19
އިޓަލީވިލާތުން ފަތުރުވެރިން ރާއްޖެއައުން ވަގުތީ ގޮތުން މަނާކޮށްފި
އިޓަލީގެ ފަތުރުވެރިން އައުން މަޑިޖައްސާލާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 11:59 އިން ފެށިގެން

ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން އިޓަލީވިލާތުން ފަތުރުވެރިން ރާއްޖެ އައުން ވަގުތީ ގޮތުން މަނާ ކުރަން ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުގެ މި ނިންމުން އިއުލާންކުރެއްވީ ހުކުރު ދުވަހުގެ ރޭ ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުއެވެ. ސަރުކާރުން އެގޮތަށް ނިންމާފައިވަނީ އިޓަލީވިލާތަށް ނިސްބަތްވާ ފަތުރުވެރިޔަކު ޅ. ކުރެންދޫގައި ޗުއްޓީ ހޭދަކުރުމަށްފަހު އޭނާގެ ޤައުމަށް އަނބުރާ ގޮސް، ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަމަށް ބުމުންނެވެ.

އަލީ ވަހީދު ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ 11:59 އިން ފެށިގެން އިޓަލީވިލާތުން ދިވެހިރާއްޖެއަށް ސީދާ ފްލައިޓް އަދި ޓްރާންސިޓް ފަލްއިޓުތައް ވެސް ވަގުތީގޮތުން އައުން މަނާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކޮވިޑް-19 ފެތުރިފައިވާ މިންވަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޔޫރަޕުން އެންމެ ބޮޑަށް ވައިރަސް ފެތުރެނީ އިޓަލީވިލާތަށް ކަމަށެވެ.

ޅ. ކުރެއްދޫ ރިސޯޓަށް މީހުން އަރާ ފޭބުމަށް މިހާރު ވަގުތީ ގޮތުން މަނާކޮށްފައިވާކަން ފާހަގަކުރައްވާ އަލީ ވަހީދު ވިދާޅުވީ ދެން ނަގާނެ ފިޔަވަޅެއް އިނގޭނީ ނަތީޖާއަށް ފަހުގައި ކަމަށެވެ. އަދި ރާއްޖެއިން ކޮވިޑް-19 ފެނިއްޖެ ހާލަތެއްގައި ކަންތައްތައް ކުރިއަށް ގެންދާނެ ގޮތުގެ އިންތިޒާމުތައް ވާނީ ވަރަށް ރަނގަޅަށް ވާނީ ހަމަޖެހިފައި ކަމަށާއި ސަރުކާރުން އެއްވެސް ކަމެއް ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ރިސޯޓުގައި މަސައްކަތް ކުރާ ޑޮކްޓަރު ކަރަންޓީން ކުރުމަށްޓަކައި ފަރުކޮޅުފުއްޓަށް ގެންގޮސްފައިވާ ކަމަށާއި އެ ރިސޯޓުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންގެ ގައިން ކޮވިޑް-19 ގެ އާލާމާތެއް ފެނޭތޯ ބަލަމުންދާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގެ ރިސޯޓުތައް ހުސްކޮށްފައި ވެސް މީހުން ކަރަންޓީން ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ސަރުކާރުން ކުރާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

- ކޮމެންޓް