Advertisement
ކ. މާލެ
|
6 މާރޗް 2020 | ހުކުރު 22:44
ކުރެއްދޫ އައިލެންޑް ރިސޯޓް
ކުރެއްދޫ އައިލެންޑް ރިސޯޓް
ގޫގްލް މެޕްސް
ކޮވިޑް-19
ޅ. ކުރެއްދޫ ރިސޯޓް ލޮކްޑައުންކޮށްފި
2 މުވައްޒަފަކު ވަނީ ކަރަންޓީނު ކޮށްފައި
ކަމާއިބެހޭ އިދާރާއިން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރޭ

ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ގައުމަށް ދިޔަ ފަހުން، ދެ ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޝައްކުވުމުން އެ ރިސޯޓަށް އެތެރެވުމާއި ބޭރުވުން މަނާކޮށް، ދެ މުވައްޒަފަކު ކަރަންޓީނު ކޮށްފިކަން ރާއްޖެ.އެމްވީ އަށް އެނގިއްޖެއެވެ.

ނަން ހާމަނުކުރުމަށް އެދި އެ ރިސޯޓުން ރާއްޖެ.އެމްވީ އަށް މައުލޫމާތު ދިން މުވައްޒަފަކު ބުނީ، އެ ދެ ފަތުރުވެރިންނަށް ހިދުމަތް ދިން ވެއިޓަރ އަދި ރޫމްބޯއި ކަރަންޓީނު ކުރެވިފައިވާ ކަމަށެވެ. އެ މީހާ ބުނީ، އެ ރަށް ''ލޮކްޑައުން'' ކޮށްފައިވަނީ ހުކުރު ދުވަހުގެ ހަވީރުން ފެށިގެން ކަމަށެވެ.

Advertisement

ނައިފަރު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝާހިދު ވަނީ، ކުރެއްދޫ އަށް މީހުން އެރުމާއި ފޭބުން މަނާކޮށްފައިވާކަން ކަށަވަރު ކޮށްދީފައެވެ. ނައިފަރު ކައުންސިލުން ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން މިވަގުތު ނައިފަރުގައި ތިބި މީހުން، އެ ރިސޯޓުން އެއްވެސް މީހަކާ ކޮންޓެކްޓްވެފައިވާނަމަ، އަދި ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރިނަމަ އެ މައުލޫމާތު ހިއްސާ ކޮށްދޭން އެދިފައެވެ.

މިކަމާއި ގުޅިގެން ރަސްމީ އެއްވެސް އިދާރާއަކުން އެ ފަތުރުވެރިޔާ ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަމެއް ނުވަތަ ނޫންކަމެއް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް