Advertisement
ކ. މާލެ
|
6 މާރޗް 2020 | ހުކުރު 16:51
ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ޑްރިލްއެއްގެ ތެރެއިން
ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ޑްރިލްއެއްގެ ތެރެއިން
ޓްވިޓަރ
ކޮވިޑް-19
ކޮރޯނާވައިރަހަށް ޝައްކުވެ އިޓަލީ މީހަކު އެކަހެރިކޮށްފި
އެކަހެރި ކޮށްފައިވަނީ ވ. ތިނަދޫގައި ޗުއްޓީ ހޭދަކުރަމުންދިޔަ މީހެއް
އަދި މިހާތަނަށް ބައްޔަށް ޕޮޒިޓިވް މީހަކު ރާއްޖެއިން ފެނިފައިނުވޭ
ޑްރިލްތަކެއް ކުރިޔަށްގެންގޮސްފައިވޭ

ވ.ތިނަދޫގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީގެ ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޝައްކުކުރެވިގެން ކަރަންޓީނު ކޮށްފިއެވެ.

ހުކުރު ދުވަހު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، އިޓަލީގެ ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން މޮނިޓަރ ކުރުމަށާއި ޓެސްޓު ހެދުމަށް އެކަމަށް ކަޑައެޅިފައިވާ މަރުކަޒަށް ގެނައުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އިޓަލީގެ ފަތުރުވެރިޔަކު ކަރަންޓީނު ކޮށްފައިވާއިރު, އިޓަލީން ރާއްޖެއައި ދިވެއްސަކު ވަނީ ބުރާސްފަތި ދުވަހުގެރޭ ކަރަންޓީނު ކޮށްފައެވެ. އެމިހާވެސް އެ ބައްޔަށް ވަނީ ނެގެޓިވްވެފައެވެ.

ރާއްޖެއިން އަދި މިހާތަނަށް ކޮވިޑް-19 އަށް އެއްވެސް މީހަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.

Advertisement

ރާއްޖެއިން އަދި މިހާތަނަށް މި ބަލި ޖެހިފައިވާ މީހަކު ފެނިފައިނުވި ނަމަވެސް ވައިރަސް ފެތުރެމުންދާ ބައެއް ގައުމުތަކުން ދަތުރުކުރުމަށް ފަހު އަނބުރާ ރާއްޖެއައި މީހުން އެކަހެރިކޮށް އެ މީހުންގެ ޓެސްޓުތައް ވަނީ ހަދާފައެވެ.

ކޮރޯނާ ފެތުރެމުންދާތީ، ޢާންމުން ހޭލުންތެރި ކުރުމުގެ އިތުުރުން ރާއްޖެއިން މި ވައިރަސް ޖެހިފާ މީހަކު ފެނިއްޖެ ޙާލަތެއްގައި ކަމާއި ބެހޭ ފަރާތްތަކުން ކަންކުރާނެ މިޞްރާބު ހާމަކޮށްދިނުމުގެ ގޮތުން ޑްރިލްތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެހީތެރިކަމާއެކު ކޮވިޑް-19 އަށް އައިޖީއެމްއެޗްގައި ޓެސްޓް ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް