ކ. މާލެ
|
6 މާރޗް 2020 | ހުކުރު 02:06
ކޯވިޑް-19
ކޯވިޑް-19
ޓްވިޓަރ
ކޯވިޑް-19
ކޮރޯނާވައިރަސްގެ އަލާމާތްތަކާއެކު އިތުރު ދިވެއްސެއް ރިޕޯޓު ކުރެވިފައިވޭ: އެޗްޕީއޭ
އޭނާ ވަނީ ކަރަންޓީނު ކުރެވިފައި
އެޗްޕީއޭ އިން ބުނީ ޓެސްޓުގެ ނަތީޖާ ލިބުމުން އެ މަޢުލޫމާތު ހިއްސާކުރާނެ ކަމަށް
ރާއްޖެއިން އަދި މިހާތަނަށް ކޮވިޑް-19 އަށް އެއްވެސް މީހަކު ޕޮޒިޓިވް ވެފައެއް ނުވެ

މިހާރު ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ކޮރޯނާވައިރަސް (ކޯވިޑް-19)ގެ އަލާމާތްތަކާއެކު އިތުރު ދިވެއްސެއް ރިޕޯޓު ކުރެވިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކޯވިޑް-19ގެ އަލާމާތްތަކާއެކު އިތުރު ދިވެއްސެއް ރިޕޯޓު ރިޕޯޓް ކޮށްފައިވާކަމަށެވެ. އަދި މިހާރު އޭނާ ވަނީ ޓެސްޓުކޮށް މޮނިޓަރ ކުރުމަށްޓަކައި އެކަހެރި ކުރެވިފައިކަމަށްވެސް އެ އޭޖެންސީން ބުންޏެވެ. އެޗްޕީއޭ އިން ބުނީ ޓެސްޓުގެ ނަތީޖާ ލިބުމުން އެ މަޢުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ ކޯވިޑް-19 އާއި ގުޅިގެން މީހަކު އެކަހެރި ކުރެވިއްޖެނަމަ، އެމީހާ ދިރިއުޅޭ ގޭގެ މީހުންނާއި، އެމީހާއާއެކު ވަގުތު ހޭދަކޮށްފައިވާ މީހުންގެ ރައްކާތެރި ކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެ އޭޖެންސީ އިން އަޅަމުން ގެންދާނެ ކަމަށެވެ.

އެޗްޕީއޭ އިން މިހެން ބުނެފައިވާއިރު ރާއްޖެއިން އަދި މިހާތަނަށް ކޮވިޑް-19 އަށް އެއްވެސް މީހަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.

ރާއްޖެއިން އަދި މިހާތަނަށް މި ބަލި ޖެހިފައިވާ މީހަކު ފެނިފައިނުވި ނަމަވެސް ވައިރަސް ފެތުރެމުންދާ ބައެއް ގައުމުތަކުން ދަތުރުކުރުމަށް ފަހު އަނބުރާ ރާއްޖެއައި މީހުން އެކަހެރިކޮށް އެ މީހުންގެ ޓެސްޓުތައް ވަނީ ހަދާފައެވެ. ކޮރޯނާ ފެތުރެމުންދާތީ، ޢާންމުން ހޭލުންތެރި ކުރުމުގެ އިތުުރުން ރާއްޖެއިން މި ވައިރަސް ޖެހިފާ މީހަކު ފެނިއްޖެ ޙާލަތެއްގައި ކަމާއި ބެހޭ ފަރާތްތަކުން ކަންކުރާނެ މިޞްރާބު ހާމަކޮށްދިނުމުގެ ގޮތުން ޑްރިލްތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެހީތެރިކަމާއެކު ކޮވިޑް-19 އަށް އައިޖީއެމްއެޗްގައި ޓެސްޓް ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

- ކޮމެންޓް