ކ. މާލެ
|
6 މާރޗް 2020 | ހުކުރު 02:02
ތަރމަލް ކެމެރާ
ތަރމަލް ކެމެރާ
ގޫގުލް
ކޮވިޑް-19
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހާ އުޅެފައިވާ ތަންތަން ދެނެގަތުމަށް ދަނީ މަސައްކަތްކުރަމުން: އެޗްޕީއޭ
އޭނާ އުޅެފައިވާ ތަންތަން ދެނެގަތުމަށް ދަނީ މަސައްކަތް ކުރަމުން
އެމީހާ ދަތުރުކޮށްފައިވަނީ 3 މާރިޗު 2020ގައި

ދެކުނު އެމެރިކާގެ ޗިލީއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހެއް ރާއްޖެއަށް ދަތުރުކޮށްފައިވާކަން ކަށަވަރުކުރެވިފައިވާ ކަމަށާއި އަދި ރާއްޖޭގައި އޭނާ އުޅެފައިވާ ތަންތަން ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ކޮވިޑް 19 އާއިގުޅޭ ފަހުގެމަޢުލޫމާތު ހިއްސާކުރަމުން އެޗްޕީއޭއިން ބުނީ އެމީހާ ދަތުރުކޮށްފައިވަނީ 3 މާރިޗު 2020 ގައި ކަމަށާއި އެއީ ކާކުކަމާއި، ރާއްޖޭގައި އޭނަ އުޅެފައިވާ ތަންތަން ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެތަންތަނުގައި ބަލީގެ އަލާމާތްހުރި މީހުން އުޅޭކަން ބަލާ މޮނިޓަރ ކުރަމުން ގެންދާނެ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ ކޯވިޑް-19 އިން ރައްކާތެރިވުމުގެގޮތުން ރާއްޖޭގެ ހުރިހާ ބައިނަލްއަޤްވާމީ ވައިގެ އަދި ކަނޑުގެ ބަނދަރުތަކެއްގައި މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ރާއްޖެއަށް ދަތުރުކޮށްފައި އަންނަ ފަރާތްތައް ގެންދަނީ ސްކްރީންކޮށް މޮނީޓަރ ކުރަމުންކަމަށެވެ.

މީގެއިތުރުން އިޓަލީވިލާތުން ރާއްޖެއަށް ދަތުރުކުރި ދިވެއްސެއް ކޯވިޑް-19 އަށް މޮނިޓަރ ކުރުމަށް އެކަހެރިކޮށް ބެލެހެއްޓުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ގެންގޮސްފައިވާކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެޗްޕީއޭ އިން ބުނީ އޭނާ މޮނިޓަރިންގްއަށް ގެންދެވިފައިވަނީ ހަލުވިކޮށް ބަލި ފެތުރޭ ޤައުމަކުން އައުމަށްފަހު ބަލީގެ އަލާމާތްތައް ހުރިކަމަށް ރިޕޯރޓްކުރެވިފައިވާތީ ކަމަށެވެ. އެގޮތުން ކޯވިޑް-19 އަށް ކުރެވުނު ޓެސްޓްގެ ނަތީޖާ ނެގެޓިވްވުމުން ބުރާސްފަތި ދުވަހުގެރޭ އޭނާ މޮނިޓަރިންގއިން ދޫކޮށްލެވިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

- ކޮމެންޓް
7 މާރޗް 2020 | ހޮނިހިރު 13:15
މީހާ
ތިވަރު މަށަށްވެސް އިގޭ. ސަރުކާރަށް ތިވަރު އެގުން ތީދެރަވަރެއް. ވޯޓާގެން ނޫޅެ ނިކަން ގައުމަށް އިހްލާސްތެރި ހިދުމަތެއް ކޮށްދީބަލަ. ޥަރަށް ސަލާމް