Advertisement
ކ. މާލެ
|
5 މާރޗް 2020 | ބުރާސްފަތި 19:52
ރައީސް އޮފީސް
ރައީސް އޮފީސް
އަޒުމޫން އަހުމަދު
ޖެންޑަރ މިނިސްޓްރީ
ޖެންޑަރ މިނިސްޓްރީގެ ނައިބަކަށް ބޭފުޅަކު އައްޔަންކުރައްވައިފި
މިމަގާމަށް އައްޔަންކުރެއްވީ ކޮލަމާފުށި، އޯކިޑްވިލާ، ޢަބްދުއްޝުކޫރު ޢަބްދުލްހަކީމް
މީގެ ކުރިން އެނާ ހުންނެވީ ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަގާމުގައި
ތައުލީމީ ދާއިރާއަށް 26 އަހަރު ދުވަހު ޚިދުމަތް ކުރައްވާފައިވޭ

މިިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ނައިބުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ނައިބުގެ މަގާމަށް، އައްޔަންކުރެއްވީ ގއ. ކޮލަމާފުށި، އޯކިޑްވިލާ، ޢަބްދުއްޝުކޫރު ޢަބްދުލްހަކީމެވެ.

Advertisement

މިމަގާމަށް އައްޔަނު ކުރެއްވުމުގެ ކުރީން އަބްދުއްޝުކޫރު އަބްދުލްހަކީމް ހުންނެވީ ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގަވާ ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަގާމުގައެވެ.

އަބްދުއްޝުކޫރު އަބްދުލްޙަކީމަކީ ސްރީލަންކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓަރ އޮފް ސައިންސް އިން އެޑިއުކޭޝަން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ސެޓިފިކެޓް ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި، ޢަބުދުއްޝުކޫރު އަބްދުލްޙަކީމް ވަނީ 26 އަހަރުގެ ދިގު މުއްދަތަކަށް ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް