ކ. މާލެ
|
5 މާރޗް 2020 | ބުރާސްފަތި 18:24
ޕީއެސްޖީގެ ފޯވާޑް ނޭމާ
ޕީއެސްޖީގެ ފޯވާޑް ނޭމާ
ގެޓީ އިމޭޖަސް
ނޭމާ
ނޭމާ ގެނައުމަށް ބާސާއިން އަނެއްކާވެސް މަސައްކަތް ކުރަނީ
ނޭމާގެ އަގު ކަނޑައަޅާނީ ޕީއެސްޖީއިން
މިސީޒަން ނިމުމުން ބާސާއިން ނޭމާގެ ޓްރާންސްފަރގެ މަސައްކަތްތައް ފަށާނެ

ޕްރާންސްގެ ޕެރިސް ސެއިންޓް ޖާމަން އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ކުރިޔަށް އޮތް ޓްރާންސްފަރ މާރކެޓްގައި ގެނައުމަށް ސްޕެއިންގެ ބާސެލޯނާއިން މަސައްކަތް ކުރާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބާސެލޯނާ ދޫކޮށް 2017 ވަނަ އަހަރު ނޭމާ ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 246 މިލިއަން ޑޮލަރަށެވެ. ނަމަވެސް ބާސާއިން ވަނީ އެޓީމުގެ ކުރީގެ ކުޅުންތެރިޔާ އަލުން އަނބުރާ ގެނައުމަށް މިސީޒަން ފެށުމުގެ ކުރިން ވެސް މަސައްކަތް ކޮށްފައެވެ. އަދި ނޭމާ ވެސް ވަނީ އޭނާ އެނބުރު ބާސާއަށް ބަދަލުވާން ބޭނުންވާކަން ހާމަކޮށްފައެވެ. ނަމަވެސް ޕީއެސްޖީއިން ނޭމާ ވިއްކާލަން ނިންމި އަގު ބޮޑުވުމުގެ ސަބަބުން ބާސާއިން އެކަން ހުއްޓާލީ އެވެ.

ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި ސީޒަން ނިމުމުން ބާސާއިން ނޭމާ އަލުން އަނބުރާ ގެނައުމަށް ޕީއެސްޖީ އާއި އެކު މަޝްވަރާ ކުރާނެއެވެ. އަދި ޕީއެސްޖީއިން އޮތީ ނޭމާ ވިއްކާލަން ތައްޔާރަށްކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ސަބަބަކީ ނޭމާ އާއި ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު ލެއޮނާޑޯއާ މައްސަލަ ޖެހިފައި ވުމެވެ.

ނޭމާ މި ސީޒަނަށްފަހު ޕީއެސްޖީ ދޫކޮށްލަން ބޭނުން ވެއްޖެ ނަމަ އޭނާ ވިއްކާލާނެ އަގު ކަނޑައަޅާނީ ފީފާއިންނެވެ. ސަބަބަކީ ޕީއެސްޖީއާއި އެކު ނޭމާ ހެނދި ކޮންޓްރެކްޓުގައި އެ އެއްބަސްވުން އުވާލާނެ އަގު ހިމަނައިފައި ނުވުމެވެ. ފީފާއިން އެކުލަވާލި އާ ޓްރާންސްފަރ ގަވައިދުގައިވާ ގޮތުން އެއްބަސްވުން އުވާލަން ދައްކަންޖެހޭ އަދަދު ނުހިމަނާ ހަދާ ކޮންޓްރެކްޓްތަކުގެ ފުރަތަމަ ތިން އަހަރު ނިމުމުން، ކުޅުންތެރިޔާ ކްލަބް ބަދަލުވާން ބޭނުންވާނަމަ އެ ކުޅުންތެރިޔާ ވިއްކާލާނެ އަގު ކަނޑައަޅާނީ ފީފާއިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް