Advertisement
ކ. މާލެ
|
5 މާރޗް 2020 | ބުރާސްފަތި 18:27
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
މާލެސިޓީގެ މިސްކިތްތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެއްމިލިއަން ރުފިޔާ!
3 މިސްކިތެއްގެ މަރާމާތުގެ މަސައްކަތްތައް ކުރާނެ
މިސްކިތްތައް އާބާތުރަ ފިލުވާނެ
މިހާރުން މިހާރަށް ހައްލުކުރަންޖެހޭ ކަންކަން ވެސް އެބަހުރި

މާލޭސިޓީ މިސްކިތްތަކުގައި ދިމާވެފައިވާ މަރާމާތުގެ މައްސަލަތައް ހައްލުކުރުމަށާއި، މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެގޮތުން އިސްލާމިކް މިނިސްޓްރީއާ މާލޭ ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިސްކިތްތަކަށް އެހީވާ ވަޤްފް ފަންޑުން ޚަރަދުކުރާގޮތަށް ހަމަޖެހިފައިވާ މިމަސައްކަތަށް 1 މިލިއަން ރުފިޔާ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

Advertisement

މިއެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގައި މާލޭ ސިޓީ ކައުންސިލުން ކުރުމަށް ރޭވިފައިވާ މަރާމާތުގެ މަސައްކަތްތައް ވަކި އުސޫލެއްގެ ތެރެއިން އިސްލާމިކް މިނިސްޓްރީން ދާނީ މޮނިޓާކުރަމުންނެވެ. މާލޭސިޓީގެ ބައެއް މިސްކިތްތަކަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމުގެ ގޮތުން މިއެއްބަސްވުމުގެ ދަށުން 3 މިސްކިތެއްގެ މަރާމާތުގެ މަސައްކަތްތައް ކުރުމަށްވަނީ ހަމަޖެހިފައެވެ.

މިގޮތުން ހުޅުމާލެ މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލްޘާނީ މިސްކިތުގެ ގުއްބުން ފެންފައިބާ މައްސަލަ، މަސްޖިދުލް ފުރްޤާންގެ މަތީ ޝީޓް ( ޓެރަސް) ގައި ރެނދުލައި ހަލާކުވެފައިވާ މައްސަލައާއި އެކި ސަރަޙައްދުތަކުގައ ރާނާފައިވާ ފާރުތަކުގެ މައްސަލައިގެ އިތުރުން މަސްޖިދު ޝަޙީދުޢަލީގެ މަތީ ޝީޓް (ޓެރަސް) ގައި ރެނދުލައި ހަލާކުވެފައިވާ މައްސަލަ އަދި ހަމަ މި މިސްކިތުގެ އެކި ސަރަޙައްދުތަކުގައި ރާނާފައިވާ ފާރުތަކުގެ މަރާމާތުގެ މައްސަލަތައް ހިމެނެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ.އަހުުމަދު ޒާހިރު އަލީ ވާހަކަފުޅު ދައްކަވަނީ

މިއެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ.އަހުުމަދު ޒާހިރު އަލީ ވިދާޅުވީ ބައެއް މިސްކިތްތަކުގައި އެކި ކަހަލަ މައްސަލަތައް ދިމާވަމުންދާކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ. އަދި ކުރިއަށް މިއޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މިސްކިތްތަކުގައި ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ލިބިއްޖެނަމަ މިނިސްޓްރީ އަންނަމުންދާ ޝަކުވާތައް މަދުވެގެންދާނެ ކަމަށް މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ.

ވަރަށް ބޮޑެތި މަރާމާތުތަށް ކުރަންޖެހިފައިވާ މިސްކިތްތައް މާލެސިޓީގައި ހުރިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިހާރުން މިހާރަށް ހައްލުކުރަން ކުރަންޖެހިފައިވާ މައްސަލަތައް ހުރި މިސްކިތްތައް ވެސް އެބަހުރި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް